twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކަދުރުން ލިބޭ 5 ފައިދާއެއް

Jun 12, 2016

ރަމަޟާން މަހުގެ މިދުވަސްކޮޅު އެންމެ މަގުބޫލު އެކައްޗަކީ ކަދުރެވެ. ކަދުރަކުން ރޯދަވީއްލުމަކީ ސުންނަތެއްވެސް މެއެވެ. ކަދުރަކީ އޭގައި ގިނަގުނަ ފައިދާތަކެއް ހިމެނޭ އެއްޗެކެވެ. ކަދުރަކީ އެންމެ ފޮނި މޭވާ އޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ކަދުރު އެކި ގޮތްގޮތަށް ހަދައިގެން ކައިއުޅެ އެވެ. ކަދުރު ތާޒާކޮށް ކައި އުޅޭއިރު ކަދުރު ހިއްކައިގެންވެސް ކައިހަދަ އެވެ. ކަދުރު ކޮންމެ ގޮތަކަށް ހަދައިގެން ކެޔަސް އެއިން ލިބޭ ފައިދާ އަކަށް ބަދަލެއް ނާދެއެވެ.

ހަޖަމުގެ ނިޒާމް ފަސޭހަވުން

ރޯދަ މަހު ބައެއްފަހަރު ކެވޭ ބައެއް ތަކެތީގެ ސަބަބުން ނުވަތަ ދިޔާއެއްޗެހި ބޮވޭލެއް މަދުވުމުން ތިމާގެ ބަނޑުގެ ހަޖަމުގެ ނިޒާމަށް އުނދަގޫތައް ކުރިމަތި ވެއެވެ. ކަދުރުގައި ހުންނަ ފައިބަރުން ބަނޑު ސާފުކޮށް ހަޖަމްގެ ނިޒާމު މަސައްކަތް ފަސޭހަކޮށްދެ އެކެވެ.

އެންޓި އިންފްލެމޭޓްރީ

އިންފްލެމޭޓްރީ އަކީ ހަށިގަނޑު ރަތްވެ ދުޅަވުމެވެ. އެގޮތުން ކަދުރު ކެއުމުން ދުޅަވުން ކުޑަކޮށް ދެއެވެ. ކަދުރުގައި ހިމެނޭ މެގްނީސިއަމް އަކީ ހަށިގަނޑު ދުޅަވުމަށް ކުޑަކޮށްދީ ލޭ ހޮޅިތައް ބެދުމަށް ދުރުކޮށްދޭ މާއްދާ އެކެވެ.

މާބަނޑު ދުވަސްވަރު އަދި ވިހެއުމަށް ފަސޭހަ

ވިހަން 4 ހަފްތާއަށް ވެފައި އޮއްވާ ކަދުރު ކެއުމުން ވިހެއުމަށް ފަސޭހަވެ ދަރިފުޅުގެ ސިއްހަތަށް އެތައް ފައިދާ ތަކެއް ކުރެއެވެ.

ސިކުނޑި ދުޅަހެޔޮވުން

ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން ބީ6 އަކީ ސިކުނޑީގެ ހަރަކާތްތައް އިތުރުކޮށްދޭ މާއްދާ އެކެވެ. މި ވިޓަމިން ގިނަ އަދަދަކައް ކަދުރުގައި ހިމެނެއެވެ.

ސްޓްރޯކް ޖެހުމާ ދުރުކޮށްދޭ

ކޮންމެ ދުވަހަކު 100 މިލިގުރާމުގެ މެގްނީސިއަމް ކެއުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު 9 ޕަސެންޓް ކުޑަކޮށްދެ އެވެ. އެގޮތުން މެގްނީސިއަމް އެންމެ ގިނައިން ހިމެނޭ މޭވާ އަކީ ކަދުރެވެ.

ފައިބަރާއި މެގްނީސިއަމް އަދި ކޮޕާ ގިނަ އަދަދަކަށް ކަދުރުގައި ހިމެނެ އެވެ. އެހެން ކަމުން މި ރޯދަ މަސް ނިމުން ކަމުގައި ވިޔަސް ކަދުރަކީ ގިނަގިނައިން ކައިއުޅޭ އެއްޗަކަށް ހަދާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355