twitterviber whatsapp telegramfacebookyoutube instagram
10th November 2026

ލައިމް ޗީޒް ކޭކު

Jun 13, 2016

ބޭނުންވާ ތަކެތި

250 ގ މާރީ ބިސްކޯދު ހިމުންކޮށްފައި

125 ގ ބަޓަރ

375 ގ ކްރީމް ޗީސް

1 ލުނބޯގެ ތޮށި ގާނާފައި

2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ލުނބޯ ހުތް

400 ގ ގެރިކިރު

ހަދާނެ ގޮތް

ފުރަތަމަ ހިމުންކޮށްފައި ހުރި ބިސްކޯދު ޓްރޭއަށް އަޅާލާށެވެ. ދެން ފިނިކުރަން އަލަމާރީގައި 15 މިނިޓްސް ވަންދެން ބަހައްޓާ ށެވެ. ދެން ކްރީމް ޗީސް ކޮޅު ރަނގަޅަށް ކްރީމް ވަންދެން މިކްސް ކުރާށެވެ. ރަނގަޅަށް ކްރީމް ވުމުން އޭގެ ތެރެއަށް ގާނާފައިހުރި ލުނބޯ ތޮށި ކޮޅާއި އެސެންސް އަޅާފައި މިކްސް ކުރާށެވެ. މިކްސް ކުރަމުން ދާވަރަކަށް ގެރިކިރާއި ލުނބޯ ހުތް އަޅާފައި ރަނގަޅަށް އެއްކުރާށެވެ. ދެން ކުރިން ޓްރޭއަށް އެޅި ބިސްކޯދު ތެރެއަށް ފަހުން މިކްސް ކުރި ޗީޒް އަޅާލާށެވެ. ފިނިކުރަން އަލަމާރިއަށް ލައިފައި 6 ގަޑިއިރު ވަންދެން ބަހައްޓާ ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293