twitterviber whatsapp telegramfacebookyoutube instagram
16th February 2026

ބާޒާރުގައި މޭވާ އާއި ތަރުކާރީ ތިޔާގިވެއްޖެ، އެކަމަކު އަގުތައް ހިފެހެއްޓިފައި

Jun 16, 2016

ކުޅުދުއްފުށީ ބާޒާރުގައި މޭވާ އާއި ތަރުކާރީ ތިޔާގި ވެއްޖެ އެވެ. މިއީ މި ރޯދަމަހު މިބާއްވާތައް އެންމެ ތިޔާގިވި ދުވަހެވެ.

ބާޒާރުގައި މިތަކެތި ތިޔާގީވި އިއްޔެ މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ 2 ބޯޓް ގިނަ ބާވާތްތަކެއް ހިފައިގެން އައުމުންނެވެ.

ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވާތްތައް ގިނަ ނަމަވެސް ގިނަ ބާވާތްތަކެއްގެ އަގު އަދިވެސް ހުރީ ހިފެހެއްޓިފަކަން ފާހަގަކުރެވެ އެވެ. ނަމަވެސް ގިތެޔޮ މިރުހުގެ އަގު ވަނީ ރޯދަމަސް ފެށުނުއިރާ އަޅައި ބަލާއިރު ވަރަށް ބޮޑުތަކުން ހެޔޮވެފައި އެވެ. އެގޮތުން މިރުސް ކިލޯއެއް ހުރީ 390 ރުފިޔާއަށެވެ. ރޯދަމަސް ފެށުނުއިރު މިރުސް އެންމެ އަގު ހެޔޮކޮށްވެސް ހުރީ 500 ރުފިޔާއަށެވެ.

ކުޅުދުއްފުށީ ފިހާރައެއްގައި ބަހައްޓާފައި ހުރި މޭވާ އާއި ތަރުކާރީތަކެއް—

ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ބާއްވަތްތަކަށް ބަލާލާއިރު ކެރެޓް ކިލޯއެއް 40 ރުފިޔާ އާއި 50 ރުފިޔާގެ ދެމެދުގަ އެވެ. ކެބެޖް ކިލޯއެއް 65 ރުފިޔާ އާއި 75 ރުފިޔާއާ ދެމެދުގަ ހުރިއިރު ޓޮމާޓޯ ހުރީ 65 ރުފިޔާ އޢި 80 ރުފިޔާގެ ދެމެދުގެ އަގުތަކެއްގަ އެވެ. ލުނބޯ ކިލޯއެއް ހުރީ 70 ރުފިޔާއަށެވެ.

ރޯދަމަހު ފަނި ގިރަން އެންމެ ގިނައިން ބޭނުންކުރާ ކަރާގެ އަގު އަދިވެސް ހުރީ 25 ރުފިޔާއަށް ކިލޯއެއްގެ މަގުންނެވެ. އަނބު ކިލޯއެއް 130 ރުފިޔާއިން 80 ރުފިޔާގެ އަގުތަކެއްގައި ހުރިއިރު އޮރެންޖެއް ހުރީ 5 ރުފިޔާއަށެވެ. ފޭރު ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ.އަލަނާސި ގަނޑެއް ހުރީ 50 ރުފިޔާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355