twitterviber whatsapp telegramfacebookyoutube instagram
16th September 2025

މޭކަޕް ނުކުރަންވީ ވީއްވެ؟

Jun 18, 2016

މޭކްޕް ކުރުމަކީ ކޮންމެ ދުވަހެއް ތާވަލުގައި ގަވައިދުން ކުރުމަށް އެންމެ ބޮޑު އަކުރުން ފަވާލާފައި އޮންނަ އެއްކަމެވެ. ހާއްސަކޮށް ގިނަ އަންހެން ކުދިންނަކީ މޭކަޕް ނުކޮށް ނޫނީ ބޭރަށްވެސް ނުނިކުންނަ ބައެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި މޭކަޕް ކުރާ ކުދިންނަށް ވުރެ ނުކުރާ ކުދިންގެ ހަންގަނޑު ސިއްހީގޮތުން މާ ދުޅަހެއޮ ކަމަށެވެ. އެގޮތުން އާންމުކޮށް ހަމުގެ މައްސަލަ ނުޖެހޭ މީހެއް މޭކަޕް ކުރާނަމަ ހަމުގެ މައްސަލަޖެހޭތަން އާދެއެވެ. އަދި އާންމުކޮށް ހަމުގެ މައްސަލަ ޖެހޭ މީހެއްނަމަ މޭކަޕްގެ ސަބަބުން އިތުރު މައްސަލަ ޖެހޭގޮތް މެދުވެރިވެއެވެ.

އާންމުކޮށް މިހެންދިމާވަނީ ނުގުޅޭ ޕްރޮޑަކްޓްތައް ބޭނުން ކުރެވޭތީ އެވެ. މީގެ އިތުރުން ހަންގަނޑަށް “ރެސްޓް” ދިނުމަކީވެސް މުހިއްމު ކަމެކެވެ. ނިދުމުގެ ކުރިން މޭކަޕް ފިލުވާލައިގެން ނިދި ކަމުގައިވިއަށް ހަންގަނޑަށް ބޭނުންވާ ވަރަށް ރެސްޓެއް ނުލިބޭނެ އެވެ. މޭކަޕް ކުުރުމުގެ ބަދަލުގައި ހަންގަނޑަށާއި ގުދުރަތީކޮށް ތިމާގެ ރީތިކަން ދެމެހެއްޓުމަށް މަަސައްކަތް ކުރެވިދާނެ އެވެ، އެގޮތުން ސިއްހަތަށް ފައިދާ ކުރި ކާނާ ބޭނުން ކުރެވިދާނެ އެވެ.

ބައެއްމީހުންނަށް ހީވެފައި އޮންނަ ހީވުމެކެވެ. މޭކަޕާއި ނުލައި ރީތިކަން ފުރިހަމަނުވާނެ އެވެ. ހާއްސަކޮށް ތުއްތު ކުދިންވެސް މޭކަޕް ކުރުވާތަން މިހާރު ފެނެއެވެ. މިއީ އެކުދިންގެ ހަންގަނޑަށް ގެއްލުން ވެދާނެ ކަމެކެވެ. ގަވައިދުން މޭކަޕް ކުރުމުގެ ބަދަލުގައި ކޮންމެ ދުވަހަކު ގަވައިދުން ސިއްހަތަށް ފައިދާ ކުރި ކާނާ ބޭނުން ކުރަން ފަށާމާ ހެއްޔެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355