twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގު ރޯދަ ބޮޑު ހަދިޔާގެ 2 ވަނަ ހަފްތާގެ އިނާމު ހަވާލުކޮށްފި

Jun 18, 2016

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން 1437 ގެ ބޮޑު ހަދިޔާގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމް ހަވާލުކޮށްފިއެވެ.

ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވޭނެއެވެ.

އަދި ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ  4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި އެލްޖީ ހޯމް ޕެކް އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބިގެންދާނެއެވެ

.  އެގޮތުން މިއަދު ހަވީރުގެ ޕްރޮގްރާމްގައި 2 ވަނަ ހަފްތާގެ ނަސީބުވެރިޔާ ސ. ހިތަދޫ ކުދިމާވިލާ އަލީ އަބްދުﷲ ދީދީ އަށް ރަސްމީކޮށް އިނާމް ހަވާލުކޮށް 3 ވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ. އެގޮތުން ދިރާގު ރޯދަ ބޮޑު ހަދިޔާގެ 3 ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހުޅުދޫ އެވަރެސްޓް ޝަފީނާ އަށެވެ. މި އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ޕްރޮގްރާމުގައި މިފަރާތާވެސް އިނާމް ހަވާލު ކުރެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަން ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން 5 ބޭފުޅަކަށް ލިބިލައްވާ ރޯދަވިއްލުމުގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް ވަނީ މިއަދުގެ ޕްރޮގްރާމުގައި އިނާމް ހަވާލުކޮށްފައެވެ. އެގޮތުން މި ޕްރޮމޯޝަންގެ މި ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މ. ސާމާ ތޯހާ ޝިމަން އަހުމަދެވެ. މި ޕްރޮމޯޝަނަކީ iftar ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ.

ކުރައްވާ ކޮންމެ އެސްއެމްއެސް އަކަށް 1 ރުފިޔާ ޗާޖު ކުރެވޭއިރު ދިރާގުން ވަނީ އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކަސްޓަމަރުންގެ ނަމުގައި ފިތުރު ޢީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމަވާފައެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން އަދިވެސް އިތުރު ތަފާތު ޕްރޮމޯޝަންތަކަކާއި ހިދުމަތްތަކެއްވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. އެ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް މުޅި ރޯދަމަސް ތެރޭގައި ލިބެމުންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355