twitterviber whatsapp telegramfacebookyoutube instagram
14th November 2019

ބަޓަރ ޗިކަން

Jun 22, 2016

ބޭނުންވާ ތަކެތި

ކުކުޅު (ކޮށާފަހުރި)

4 ލޮނުމެދު

¼ ޖޯޑު ކަޖޫ ނަޓް

¼ ސައި ސަމުސާ މިރުސް

½ ސައި ސަމުސާ ހަވާދު

1 ސައި ސަމުސާ ފޮނި ތޮށި

¼ ސައި ސަމުސާ ކާފުރު ތޮޅި

1 ދަޅު ޓޮމާޓޯ

2 މޭޒުމަތީ ސަމުސާ ކުރީމް

½ ޖޯޑު ކާށި ކިރު

3 މޭޒުމަތީ ސަމުސާ ބަޓަރ

1 ބޮޑު ފިޔާ (ކޮށާފަ)

ހަދާނެ ގޮތް

ފުރަތަމަ ފިޔާ އަދި ބަޓަރު ފިޔަވާ އެހެންް ހުރިހާ އެއްޗެއް މިކްސްޗަރަށް އަޅާ މިކްސް ކޮށްލާ ށެވެ. ކޮށާފަ ހުރި ކުކުޅުކޮޅު ތެރެއަށް މިކްސް ކުރި އެއްޗެހި އަޅާފާ މެރިނޭޓް ކުރަން އަލަމާރިއަށްލާ ށެވެ. ދެން ބަޓަރު ތަވައަކަަށް އަޅާ ފިޔާކޮޅު މޯޅި ކޮށްލާށެވެ. ފިޔާކޮޅު ރަނގަޅަށް މޯޅިވުމުން މެރިނޭޓް ކުރަންލީ ކުކުޅު ތަވައަށް އަޅާ މަޑުގިނީގައި ކައްކާލާށެވެ. ކުކުޅުކޮޅު ރޯފިލުމުން ބަޓަރ ޗިކަން ތައްޔާރުކޮށް ނިމުނީ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355