twitterviber whatsapp telegramfacebookyoutube instagram
10th November 2026

ދުވަހުގެ ނަސޭޙަތް: އިސްލާމީ އުޚުއްވަތްތެރިކަން

Jun 28, 2016

އަޅުގަނޑުމެން ތަބާވެގެން މިތިބަ އިސްލާމް ދީނަކީ އެދީނުގައި ހުރިހާ ކަމެއް ބަޔާން ކޮށްދީފައިވާ މަތިވެރި އިލާހީ ދީނެވެ. އިސްލާމް ދީނުގައި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވެއެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި އޮންނަންވީ އިޖްތިމާއީ ގުޅުން ތަކާއި ދޭދޭ ފަރުދުންގެ މެދުގައި އޮންނަންވީ ގުޅުންތައް އެދީނުގައި އަންގަވާފައިވެއެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެންމެ ހެޔޮ މުޖުތަމައަކީ ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި އޮތް އިސްލާމީ މުޖުތަމައެވެ. އެޒަމާނުގައިވެސް އެބޭކަލުންގެ މެދުގައި ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އެހެނަސް އަފަދަ މައްސަލައެއް ކުރިމަތިވުމުން އެކަމެއް ހައްލު ކުރުމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަވަސްވެ ވަޑައިގަންނައެވެ. އެގޮތުން މުސްލިމް ދޭދޭ ފަރުދުންގެ މެދުގައި އޮންނަންވީ ގުޅުމާއި ބެހޭގޮތުން ތަފާތު ގިނަގުނަ ނަބަވީ އިރުޝާދުތަކެއް ދެއްވާފައިވެއެވެ.

އެކަލޭގެފާނުގެ ހަދީޘްފުޅެއްގައި ވެއެވެ. “އެމީހެއްގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ ހުރިހާ ހެޔޮކަމެއް، ތިމާގެ މުސްލިމު އަޚާއަށްވެސް ލިބުމަށް ނޭދޭހާ ހިނދަކު، ތިޔަބައި މީހުންކުރެ އެކަކުވެސް އީމާންވީ ކަމުގައި ނުވެއެވެ.” މި ހަދީޘްފުޅަށް ނަޒަރު ހިންގާލާއިރު އަޅުގަނޑުމެންނަށް އެނގި ހާމަވެގެންދަނީ، މުސްލިމުންގެ ތެރޭގައި އުޚްވަތްތެރިކަން އޮންނަންވީ ހިސާބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293