twitterviber whatsapp telegramfacebookyoutube instagram
15th September 2025

އެންވެރިކަން ދަށްވެ ކަނޑުމަހުގެ އަގު ކުޅުދުއްފުށީގައި މައްޗަށް

Jun 29, 2016

އެންވެރިކަން ދަށްވެ މަސްވެރީންނަށް އެކަށިގެންވާ ވަރަށް މަސް ނުބޭނޭތީ ކުޅުދުއްފުށީގައި ކަނޑުމަހުގެ އަގު މައްޗަށް ޖެހިލައިފި އެވެ.

މިހާރު ކުޅުދުއްފުށީގައި ރޯމަސް ކިލޯއެއް ހުރީ 40 ރުފިޔާއަށާއި 45 ރުފިޔާއަށެވެ. މިއީ މި ރޯދަމަހު ރޯމަހުގެ އަގު މިވަރަށް ބޮޑުވި ފުރަތަމަ ފަހަރެވެ.

ރޯދަމަސް ފެށުނުއިރު ރޯމަސް ކިލޯއެއް ހުރީ 20 ރުފިޔާ އާއި 30 ރުފިޔާގެ ދެމެދުގެ އަގުތަކެއްގަ އެވެ.

ކުޅުދުއްފުށީގެ މަސްވެރީން ބުނީ ރޭގަނޑު ދިއްލައިގެން އެން ނުލިބޭތީ މަސްވެރިކަން ވަރަށް ދަށްކަމަށެވެ. އެން ލިބޭ ދުވަހަކު މަސްކޮޅެއް ލިބޭ ކަމަށެވެ. މަސްވެރީން ބުނީ އެންވެރިކަން ދަށްވުމުން ދުވާލު ގަޑީގައި ތިލަވެއްސާއި މުގުރާމާ ހިފައިގެން މިހާރު ދަނީ ކަންނެއްޔަށްކަމަށެވެ.

ކުޅުދުއްފުއްޓަށް މިދުވަސް ވަރު ބާނަނީ ކިލޯއެއް ހުންނަ ވަރުގެ ރާގޮނޑި އާއި ކުދި މަހެވެ. އަދި 6 ކިލޯ އާއި 20 ކިލޯ ހުންނަ ވަރުގެ ކަންނެލި ވެސް ބާނަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355