twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުރީދޫއިން ހުއާވޭ ޕީ9 ފޯނު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

Jun 30, 2016

އުރީދޫ އާ ގުޅިގެން ހުއާވޭގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ޕީ9 އަދި ޕީ9 ލައިޓް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ބައިނަލްއަގުވާމީ ބުރޭންޑެއް ކަމަށްވާ ލެއިކާ ކެމެރާ ބޭނުންކޮށްގެން ފަރުމާކޮށް ނެރޭ ފުރަތަމަ ސްމާޓް ފޯނަކީ ހުއާވޭ ޕީ9 އެވެ. މި ފޯނުގެ ޑުއަލް ކެމެރާ ލެންސް އާއި އެކު ސްމާޓް ފޯނުގެ ފޮޓޯގުރަފީ ވަނީ އާ ހަރުފަތަކަށް ގެނެސްދީފަ އެވެ. ހުއާވޭގެ ޕީ ސީރީޒް ފޯނުތަކުން ތަކުރާރުކޮށް ފެނިފައިވާ އެންމެ ފަހުގެ އިންޑަސްޓުރިއަލް ޑިޒައިންތައް ޕީ9 ފޯނުގައި ހިމެނެ އެވެ.

އުރީދޫ އިން ވަނީ މި ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނާއި އަލަށް އުރީދޫ ނެޓްވޯކާ ގުޅޭ ކަސްޓަމަރުންނަށް ހާއްސަ އޮފާ އަގުތަކެއްގައި ވިއްކުމަށް ހަމަޖައްސާފައި އެވެ. އެގޮތުން އުރީދޫއިންވަނީ ހުވާއޭ ރޭޓް ޕްލޭންގެ ނަމުގައި އާ ޕޯސްޓްޕެއިޑް ރޭޓް ޕްލޭނެއް ތައާރަފްކޮށްފަ އެވެ.

މި ޕްލޭންގެ ދަށުން ޑައުންޕޭމަންޓުގެ ގޮތުގައި 1499 ދައްކައިގެން މަހަކު 495ރުފިޔާ ދައްކާ ގޮތަށް ޕީ9 ލައިޓް ފޯނު ގަނެވޭނެ އެވެ. މިއީ ހަ މަސް ދުވަހުގެ ޕްލޭނެކެވެ.

ޕީ9 ފޯނު ވިއްކަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ޕްލޭނެއްގެ ދަށުންނެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި 2،499 ދައްކަން ޖެހެއެވެ. އަދި މަހަކު ދައްކަންޖެހެނީ 495ރ. އެވެ.

މި ޕްލޭންތަކުގެ ދަށުން ފޯނު ގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ހާއްސަ އިނާޔަތްތަކެއް ދެއެވެ. އެގޮތުން ހިލޭ ކޯލްއާއި އެސްއެމްއެސް އަދި ޑޭޓާ ހިމެނޭ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ހުއާވޭގެ މި ފޯނު ގަންނަން ބޭނުންވާ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް އެ ކުންފުނިން ހާއްސަ ޕްލޭނެއް ވަނީ ތައާރަފް ކޮށްފަ އެވެ. އެގޮތުން ޕޯސްޓްޕެއިޑް 249 އާއި ޕޯސްޓްޕއިޑް 399 އާއި ޕޯސްޓްޕެއިޑް 499 އާއި ޕޯސްޓްޕެއިޑް 749 އާއި ޕޯސްޓްޕެއިޑް 899 އަދި 999 ޕެކޭޖުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.

އުރީދޫއިން ވަނީ އެއްފަހަރާ ފައިސާ ދައްކައިގެން ހުއާވޭގެ މި ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފ އެވެ. މި ޕެކޭޖުގައި ހިލޭ ކޯލާއި ޑޭޓާ ލިބޭ އިރު ޕީ9 ލައިޓް ފޯނު ލިބޭނީ 3799 ރުފިޔާއަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355