twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސިއްހީ ދާއިރާގެ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

Jul 11, 2016

ރާއްޖޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވޭ ފުރަތަމަ ބައިނަލްއަގްވާމީ ކޮންފަރެންސް އީބީޕީ ހެލްތް ޗެމްޕިއަންސް ކޮންފަރެންސް ގެ ޓެލެކޮމް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފިއެވެ.

ކޮންފަރެންސް އިންތިޒާމް ކުރައްވާ އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސްގެ ފަރާތުން އޯގަނިއިޒިން ކޮމިޓީގެ ޗެއަރ ޑރ. ފާތުމަތު ޝިފާޒާ ވިދާޅުވީ މި ކޮންފަރެންސަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ޑޮކްޓަރުންނާއި އަދިވެސް މި ދާއިރާގެ ބޭފުޅުންނަށް ރިސާރޗްގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ. އަދި އެވިޑެންސް-ބޭސްޑް ޕްރެކްޓިސް ކުރިއަރުވާ އެންމެ ފަހުގެ ރިސާޗް ތަކަށް ބިނާކޮށް އެންމެ ޒަމާނީ ގޮތަށް ޕްރޮސީޖަރތައް ކުރިޔަށް ގެންދިޔުމަށް މި ދާއިރާގެ ބޭފުޅުންގެ މައުލޫމާތު މުއްސަނދި ކުރުންވެސް އެއީ މި ޕްރޮގްރާމް ހިންގުމުގެ އެންމެ މުހިންމު އެއް ބޭނުން ކަމުގައި ޑރ. ޝިފާޒާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރައްވާ މި ދާއިރާގެ ކަމާބެހޭ މާހިރުންގެ ލެކްޗަރ ސެޝަންތަކާއި ސުވާލާއި ޖަވާބުގެ ތަފާތު ސެޝަންތަކެއް އެކި މައުޟޫއުތަކުގެ މައްޗަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހުމުން ޑރ. ޝިފާޒާ ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން އަޅުގަނޑުމެންނަށް ރާއްޖޭގައި އަދި މި ފެންނަނީ ޓެކްނޮލޮޖީގެ ގޮތުން ފުދޭވަރަކަށް ފަހަތުގައި އުޅޭތަނެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުގައިވެސް ފުޅާދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ނުލިބި ހުންނާތީ ނަރުހުންނާއި އެނޫން ކުދިންނަށް ދަތިވޭ އޮންލައިންކޮށް ލިބެން ހުންނަ ލިޔުންތައްވެސް ވަގުތުން ވަގުތަށް ކިޔާލައިގެންވެސް އެ މައުލޫމާތުތައް ލިބިގަންނާނެ ގޮތް ނޯންނ. އެގޮތުން ދިރާގަކީ އެފަދަ ކަންކަންވެސް މަގުފަހި ކޮށްދިނުމުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. ހަމައެހެންމެ މި ވޯކްޝޮޕްގައި ސްކައިޕް މެދުވެރިކޮށް މަޝްހޫރު ޕްރޮފެސަރ އެއްކަމަށްވާ ވިކްޓަރ މޮންޓޯރީގެ ލެކްޗަރއެއްވެސް ކުރިޔަށްދާނެ އެވެ. އަދި އެފަދަ ބައެއް މި ވޯކްޝޮޕުގައި ހިމެނޭއިރު އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިވަގުތަށް މިފަދަ ކަނެކްޓިވިޓީއެއް އަޅުގަނޑުމެންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ބަރޯސާވެވޭނެ ކުންފުންޏަކީ ދިރާގު ކަމަށެވެ. މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހިޔާރުކުރެވިގެންދިޔައީ މިކަހަލަ ސަބަބުތަކަކަށް ޓަކައި ކަމަށް ޑރ ޝިފާޒާ ވިދާޅުވި އެވެ

މި ކޮންފަރެންސްގައި އޮސްޓްރޭލިޔާ އާއި ނެދަލޭންޑްސް އަދި އިންޑިޔާގެ އިތުރުން މެދުއިރުމަތީގެ ކަމާބެހޭ ހާއްސަ ފަރާތްތަކުން ތަގްރީރު ކުރައްވާނެ ކަމަށްވެސް ޑރ. ޝިފާޒާ ވިދާޅުވިއެވެ.

އެއްބަސްވުން އިއުލާން ކުރުމަށްފަހު ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގަކީ ޓެކްނޮލޮޖީގެ ތެރެއިން ސިއްހީ ދާއިރާއަށްވެސް ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެގޮތުން މިހާރުވެސް ހެލްތް މިނިސްޓްރީ އާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ޓެލެމެޑިސިންގެ ހިދުމަތްވެސް ތައާރަފްކޮށްފާވާ ކަމަށެވެ. މިކަންކަމުގެ އިތުރަށް ރާއްޖޭގެ ނަރުހުންނާއި ޑޮކްޓަރުންނަށް ބޭރުގެ މާހިރުންގެ ފަރާތުން މައުލޫމާތު މުއްސަނދިކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއްވެދިނުމަކީ ދިރާގަށް ލިބިގެންދާ ވަރަށްބޮޑު އުފަލެއް ކަމަށްވެސް ވިދާޅުވި އެވެ. ސަބަބަކަށްވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަކަށް އެ ބޭފުޅުންގެ މައުލޫމާތާއި ހުނަރުތައްވެސް ތަރައްގީވެ އެ މައުލޫމާތު ރާއްޖޭގެ އެހެން ފަރާތްތަކާވެސް ހިއްސާކުރުމުގެ ފުރުސަތު މިފަދަ ޕްލެޓްފޯމެއްގެ ސަބަބުން ހުޅުވިގެންދާނެ .

ރާއްޖޭގައި ބޭއްވޭ މިފަދަ މި ފުރަތަމަ ކޮންފަރެންސް ކުރިޔަށްދާނީ މި ޖުލައި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ބަންޑޮސް އައިލެންޑް ރިސޯޓުގައެވެ. އަދި މި ކޮންފަރެންސް ކުރިޔަށްދާނީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށްތަކުގެ ހޮސްޕިޓަލްތަކާއި ރާއްޖޭން ބޭރުގެ ނަރުހުންނާއި ޑޮކްޓަރުންގެ ހިމެނޭހެން150 އަށް ވުރެ ގިނަ ބައިވެރިންނާއިއެކުގައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355