twitterviber whatsapp telegramfacebookyoutube instagram
24th December 2025

ކުޅިވަރަށް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

Jul 11, 2016

ކުޅިވަރު ސާމާނު ވިއްކުމަށް ހާއްސަ  ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

“ޕްލޭ ގުރައުންޑް” ނަމުގައި ހުޅުވި މި ފިހާރަ ހުންނަނީ ދިރާގު އޮފީހުގެ އިރުމަތީގަ އެވެ.

 

މި ފިހާރައިން އެކި ކުޅިވަރުތަކުގައި ބޭނުންކުރާ ޖާރޒީ އާއި ބޫޓް އަދި އަދި ހުޅުގާޑު ލިބެންހުންނާނެ ކަމަށް އެފިހާރައިން މައުލޫމާތު ދެ އެވެ. އެފިހާރައިން ބުނީ މައިގަނޑު ގޮތެއްގައި އެ ފިހާރާއިން ލިބެން ހުންނާނީ އެޑިޑަސް އަދި ނައިކް ބުރޭންޑްގެ ސާމާނު ކަމަށެވެ.

 

މީގެ އިތުރުން ޖާރޒީގައި ނަމްބަރު ޖަހައިދިނުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އަދި އޯޑަރު ދިނުމުން ދުނިޔޭގެ ފެންވަރުގެ ބޮޑެތި މުބާރާތްތަކުގެ ޖާރޒީވެސް ގެނެސް ދޭނެ ކަމަށް އެފަރާތުން ބުނެ އެވެ.

އެތަނުގައި ވިއްކާ ބައެއް ސާމާނުތަކުގެ ތެރޭގައި ޔޯގާ މެޓް، ފުޓްބޯޅަ ބޫޓް، ޓެނިސް، ޝޫޒް ބޭގް، ސްޕޯޓް ބޭގް، ބާސްކެޓް ޖާރޒީ، ބޮޑީ ޝޫޓް، ޓައިޓް ސަޕޯޓް، އަދި ތަފާތު ވައްތަރުގެ ހުޅު ގާރޑް ލިބެން ހުންނާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355