ރާއްޖޭގައި ސިއްހީ ދާއިރާގެ ފަރާތްތަކަށް ބޭއްވޭ ފުރަތަމަ ބައިނަލްއަގްވާމީ ކޮންފަރެންސް ” އިބީޕީ ހެލްތް ޗެމްޕިއަން ކޮންރަފެންސް” ޓެލެކޮމް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ޑޮކްޓަރުންނާއި އަދިވެސް މިދާއިރަގެ ބޭފުޅުންނަށް ރިސާރޗްގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ.
މީގެ އިތުރުން މި ޕްރޮގްރާމު މަގުސަދަކީ ‘އެވިޑެންސް-ބޭސްޑް’ ޕްރެކްޓިސް ކުރިއަރުވާ އެންމެ ފަހުގެ ރިސާޗް ތަކަށް ބިނާކޮށް އެންމެ ޒަމާނީ ގޮތަށް ޕްރޮސީޖަރތައް ކުރިޔަށް ގެންދިޔުމަށް މި ދާއިރާގެ ބޭފުޅުންގެ މައުލޫމާތު ދިނުމެވެ.
މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރައްވާ މި ދާއިރާގެ ކަމާބެހޭ މާހިރުންގެ ލެކްޗަރ ސެޝަންތަކާއި ސުވާލާއި ޖަވާބުގެ ތަފާތު ސެޝަންތަކެއް އެކި މައުޟޫއުތަކުގެ މައްޗަށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުން އިއުލާނު ކުރުމަށްފަހު ދިރާގުން ބުނެފައިވަނީ ދިރާގަކީ ޓެކްނޮލޮޖީގެ ތެރެއިން ސިއްހީ ދާއިރާއަށްވެސް ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެގޮތުން މިހާރުވެސް ހެލްތް މިނިސްޓްރީ އާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ޓެލެމެޑިސިންގެ ހިދުމަތްވެސް މިވަނީ ތައާރަފްކޮށްފައެވެ.
މިކަންކަމުގެ އިތުރަށް ރާއްޖޭގެ ނަރުހުންނާއި ޑޮކްޓަރުންނަށް ބޭރުގެ މާހިރުންގެ ފަރާތުން މައުލޫމާތު މުއްސަނދިކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއްވެދިނުމަކީ ދިރާގަށް ލިބިގެންދާ ވަރަށްބޮޑު އުފަލެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.