twitterviber whatsapp telegramfacebookyoutube instagram
11th November 2026

15 ޖީބީ ލިބޭ ޕޯސްޓްޕެއިޑް ޑާޓާ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި

Jul 12, 2016

ސްމާޓްޕްރިމިއަމް ޕްލަސްގެ ނަމުގައި 15 ޖީބީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ، މުޅިން އާ ޕެކޭޖެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.

ދިރާގުން އަލަށް ތައާރަފް ކުރި މި ޕްކޭޖުގައި ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް 5000 ހިލޭ މިނެޓާއިއެކު ކަސްޓަމަރު ހިޔާރުކުރައްވާ 3 ނަންބަރަކަށް ހިލޭ ގުޅާލުމަށް ޖުމްލަ 8600 މިނެޓުގެ ޓޯކްޓައިމް ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން މި ޕެކޭޖުގައި 3000 އެސްއެމްއެސް އާއި އެކު ކަސްޓަމަރު ހިޔާރު ކުރައްވާ ކޮންމެވެސް 1 ޤައުމަކަށް %50 ޑިސްކައުންޓާއިއެކު ގުޅުއްވޭނެއެވެ.

އަގުތަކަށް ގެނެވުނު ބަދަލާއި، އަލަށް ތައާރަފް ކުރެވުނު މި ޕެކޭޖާއިއެކު، ރާއްޖޭގައި ލިބެން ހުރި އެންމެ އަގުހުރި ޕޯސްޓްޕެއިޑް ޕެކޭޖްތައް މިހާރު ލިބިގެންދާނީ ދިރާގުން ކަމަށާއި އަލަށް ތައާރަފް މި ކުރެވުނު ޕެކޭހުގެ މަހުފީއަކީ 999 ރުފިޔާކަމަށް ދިރަގުން މައުލޫމާތު ދެއެވެ.

ދިރާގުން ވަނީ ދާދިފަހުންވެސް ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ އެލަވަންސްތަކާއި އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން ސްމާޓް 899، ސްމާޓް 499 އަދި ސްމާޓް 299 ގެ ނަމުގައި ވަނީ އަގުހެޔޮކޮށް، ބައެއް ޕެކޭޖްތަކަށް ބަދަލުތަކަކާއިއެކު ތައާރަފްކޮށްފައެވެ.

މި ޕެކޭޖާއިއެކު ތަފާތު ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިގެން ޕޯސްޓްޕެއިޑްގެ ތަފާތު 6 ޕެކޭޖެއް މިހާރު ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

މި ޕެކޭޖުތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293