twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫއިން ހަތަރު ލައްކަ ރުފިޔާގެ އިނާމު ލިބޭ ކްއިޒެއް ފަށައިފި

Jul 13, 2016

ސްޕޯޓް ފްރެންޒީ ކުއިޒެއް އުރީދޫ މޯލްޑިވްސް އިން މިއަދު ފަށައިފި އެވެ.

އުރީދޫއިން މިއަދުން ފެށިގެން 3 މަސް ދުވަހަށް ކުރިއަށް ގެންދާ މިކުއިޒަކީ ހަތަރު ލައްކަ ރުފިޔާގެ އިނާމު ލިބޭ ކުއިޒެކެވެ.

މިކްއިޒްގައި އިނާމު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށެވެ. އަދި މިކުއިޒުގައި ބައިވެރިވެވޭނީ އެސްއެމްއެސް ކޮށްގެންނެވެ. ލިބޭ އިނާމުގެ ތެރޭގައި ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލް އަދި އައިފޯން އެސްއީ އާއި ހިލޭ ޑޭޓާ ހިމެނެއެވެ.

މި ކުއިޒުގައި ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއެއްގެ އިތުރުން ކޮންމެ މަހަކު ވެސް ނަސީބުވެރިއަކު ހޮވާ އިނާމު ދޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް ރަނގަޅު ޖަވާބު ދޭ ކޮންމެ ފަހަރަކު 100 ޕޮއިންޓް ލިބޭނެ ކަމަށާއި ޖަވާބު ނުބައިވި ނަމަވެސް ޖަވާބު ދޭ ކޮންމެ ސުވާލަކަށް 50 ޕޮއިންޓް ލިބޭނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫން ބުނަނީ ކޮންމެ ދުވަހަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ފަސް ބައިވެރިއަކަށް 500 އެމްބީގެ ޑޭޓާ ލިބޭނެ ކަމަށާއި ކޮންމެ ހަފުތާއެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ނަސީބުވެރިންނަށް އައިފޯން އެސްސީ އެއް ލިބޭނެ ކަމަށެވެ. މި ކުއިޒްގައި ކޮންމެ މަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިޔާއަށް ލިބިގެންދާނެ ހާއްސަ އިނާމަކީ ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެކެވެ.

މި ކުއިޒުގައި ބައިވެރިވުމަށް GO ޖެހުމަށްފަހު 4242 އަށް މެސެޖު ފޮނުވުމުން ކްއިޒުގައި ބައިވެރިވެވޭނެ އެވެ.

ސްޕޯޓް ޕްރެންޒީ އާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް HELP ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355