twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުރީދޫއިން ޕޯސްޓްޕެއިޑް ޕްލެޓިނަމް ޕެކޭޖް ތައާރަފްކޮށްފި

Jul 20, 2016

އުރީދޫއިން ޕޯސްޓްޕެއިޑް ޕްލެޓިނަމް ޕެކޭޖު މުޅި ރާއްޖޭގައި ވެސް އެންމެ ކުޑަ އެކްސެސް ޑޭޓާ އެކު ތައާރަފު ކޮށްފި އެވެ.

އުރީދޫ ނަމްބަރުތަކަށް އެއްވެސް ލިމިޓެއް ނެތި ހިލޭ ކޯލްތައް މި ޕެކޭޖު ނެގުމުން ކުރެވޭނެ އެވެ. އަދި ހިލޭ ކޯލް ކުރެވޭ ފަސް ނަމްބަރެއް އަދި ހާއްސަ ޑިސްކައުންޓެއްގެ ދަށުން ގުޅޭ ދެ ނަމްބަރެއް އިހްތިޔާރު ކުރެވޭ އިރު ރާއްޖޭގެ އެހެން ނެޓްވޯތަކުގެ ނަމްބަރުތަކަށް ގުޅުމަށް 1،500 ހިލޭ މިނިޓު ލިބޭނެ އެވެ.

މި ޕެކޭޖުގެ ދަށުން އުރީދޫ އަދި އެހެން ނެޓްވޯކުތަކުގެ ނަމްބަރުތަކަށް ހިލޭ 2000 އެސްއެމްއެސް ކުރެވޭނެ އެވެ. އަދި ރާއްޖެ އިން ބޭރުގެ ދެ ގައުމަކަށް ގުޅުމަށް އައިޑީޑީ ހިދުމަތުން 50 ޕަސަންޓުގެ ޑިސްކައުންޓް ވެސް ޕެކޭޖުން ލިބޭ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ޕެކޭޖާ އެކު 15 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބެއެވެ. އަދި އެ އެލަވަންސް ހުސްވުމަށް ފަހު ބޭނުންކުރާ ކޮންމެ އެމްބީއަކަށް ޗާޖު ކުރާނީ އެންމެ 10 ލާރި އެވެ. މިއީ ރާއްޖޭގައި އެންމެ ކުޑަ އެކްސެސް ޑޭޓާ ޗާޖެވެ.

މި ޕެކޭޖުގެ އަގަކީ 999 ރުފިޔާ އެވެ.

މި ޕެކޭޖަށް ސަބްސްކްރައިބު ކުރާ ކޮންމެ ކަސްޓަމަރަކަށް އުރީދޫގެ ކްލަބް ޕްރީމިއާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ލިބެ އެވެ.

ކްލަބް ޕްރީމިއާގެ މެމްބަރުންނަށް އާންމު ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތަކަށް ވުރެ ހާއްސަ ހިދުމަތްތަކެއް އުރީދޫއިން ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ 120 ގައުމެއްގެ 400 ސިޓީއެއްގެ އެއާޕޯޓުތަކުގެ ބިޒްނަސް ލައުންޖަށް ވަނުމަށް ޕްރަޔޯރިޓީ ޕާސް ލިބުމާއި ރާއްޖޭގައި ހުރި އުރީދޫގެ ޕާޓްނަރު ފިހާރަތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބުން ހިމެނެ އެވެ.

އަދި އޭގެ އިތުރުން އުރީދޫގެ ކަސްޓަމާ ސާވިސް ހިދުމަތްދޭ 929 އިން ކިއުގައި ގިނައިރު މަޑުކުރަން ނުޖެހުމާއި ކްލަބް ޕްރީމިއާ މެމްބަރުންނަށް ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބުމާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ވީއައިޕީ ހިދުމަތް ލިބުން އަދި އެ މެމްބަރުންނަށް ލިބޭ ޚާއްސަ އިނާޔަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355