twitterviber whatsapp telegramfacebookyoutube instagram
16th April 2024

ބީއެމްއެލްއަށް ބޮޑު ފައިދާއެއް، ހަމަސް ދުވަހުން 571 މިލިއަން ރުފިޔާ

Jul 21, 2016

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި ބޮޑު ފައިދާއެއް ލިބިއްޖެ އެވެ. ހަމަސް ދުވަހުގެ ތެރޭގައި ފައިދާގޮތުގައި 571 މިލިއަން ރުފިޔާ ބީއެމްއެލްއަށް ލިބިފައިވެ އެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ މިދިޔަ ހަމަސް ދުވަހުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ބީއެމްއެލްއަށް ވަނީ 571 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 152 އިންސައްތައިގެ ކުރިއެރުމެކެވެ.

މިނަތީޖާއާ އެކު އެހަމަސް ދުވަސް ވެގެންގޮސްފައިވަނީ އެތަނުގެ ތާރީހުގައި އެންމެ ކާމިޔާބު ހަމަސް ގެ ގޮތުގަ އެވެ. ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައި ދޫކޮށްފައިވާ ލޯނުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ

މި ބަޔާނުގައި ބުނެފައިވަނީ ބޭންކަށް މާލީގޮތުން ލިބޭ ނަފާ އަނބުރާ މުޖުތަމައަށް ދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ހިންގާ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމް ބޭންކުން ކުރިއަށް ގެންދާ ކަމަށެވެ. މި ގޮތުން ފުރަތަމަ ހަމަސް ދުވަސްތެރޭ ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗް ގާއިމްކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ހިދުމަތް ދޭން ފަށާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

ބީއެމްއެލްއަށް މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި ލިބުނު ފައިދާ އާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް އިން މާލީގޮތުން ހޯދާ ކާމިޔާބީތަކަކީ ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކުގެ ލާބައާއި މަންފާއަށް އިންވެސްޓްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިކާމިޔާބީއަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ވަރަށް ބުރަ މަސައްކަތްތަކެއް ނަތީޖާ ކަމަށް ހީލީ ވިދާޅުވި އެވެ.

ރާއްޖޭގައި އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މާޗަންޓުން، 177 ކޭޝް އެޖެންޓުން، 14 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބީއެމްއެލްގެ ބޭންކިން ވިއުގަ އަކީ ރާއްޖޭގައި ހިދުމަތްދޭ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355