twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަންގަނޑު ހަލާކުވާނަމަ މިކަންކަމަށް ސަމާލުވޭ

Jul 26, 2016

ހަންގަނޑަކީ ގިނަ ބަޔަކު ސަމާލުކަން ދީގެން ގެންގުޅޭ އެއްޗެކެވެ. ހަންގަނޑު ރީތި ކުރުމަށް އެކި ކަހަލަ ޕްރޮޑަކްޓްސް ބޭނުން ކުރާ މީހަކު ނޫޅޭނޭ ބުނެފިނަމަ ދޮގަކަށް ނުވާނެ އެވެ،

އެހެންނަމަވެސް ނާޒުކު އެއްޗަަކަށް ވުމުން ކުރަކިވެ ނުވަތަ ނުގުޅޭ އެއްޗެއް ބޭނުން ކުރެވުމުން ހަލާކުވާގޮަތް ދިމާވެ އެވެ. ގިނަ ފަހަރަށް ބޭރަށް ދިއުމަށް ލޯޝަން ފަދަ އެއްޗެއް ބޭނުން ކުރިއަސް އޭގެތެރޭގައި އުޅޭއިރު ހަންގަނޑަށް މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ.

ހާއްސަކޮށް ގޭތެރެ ނުަވަތަ ފާހާނަ ސާފުކުރަން އުޅޭއިރު ބައެއް މީހުން ހަންގަނޑަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެން ކަމުން ފޮޅުލާ ހަންގަނޑު މަރުވާގޮތް ވެއެވެ.

އެގޮތުން ގޭތެރެ ސާފުކުރާއިރު ނުވަތަ ފާހަނާ ސާފުކުރާއިރުވެސް އަތަށް އަންގި ލައްވާށެވެ. ހާއްސަކޮށް ކެމިކަލް ހުންނަ އެއްޗެހި އަތުގައި ހޭކި ހަންގަނޑު ހަލާކުވާ ބޭފުޅުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ. އަދި ހިރަފުހަށް އެލާޖިކް މީހެއްނަމަ އަންގި ލެއްވުމަކީވެސް ބުއްދިވެރި ކަމެކެވެ.

މޮއިސްޓްރައިޒާ ބޭނުން ކުރުމުގެ ބަދަލުގައި ޕެޓްރޯލިއަމް ޖެލީ ބޭނުން ކުރާށެވެ. ހާއްސަކޮށް ސެންސިޓިވް ސްކިން ހުންނަ މީހުންނަށް ކްރީމް ބޭނުން ކުރުމަށް ވުރެ ޕްޓްރޯލިއަމް ޖެލީ ބޭނުން ކުރުމުން ހަންގަނޑު ރީތި ވާލެއް އަވަހެެވެ.

ހަށިގަނޑަށް ބޭނުންވާވަރަށް ފެން ބޭނުން ނުކުރެވުމަކީވެސް ހަންގަނޑު ކުރަކިވާން ދިމަވާ ސަބަބެކެވެ. މިއީ ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެހެން ކަމުން އަބަދުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންބޭނުން ކުރާށެވެ. މިއީ ހަމުގެ މައްސަލަތަކުގެ ހިތުުރުންވެސް އެކި ބަލިތަކުގެވެސް ފަރުވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355