twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިނިވަން ދުވަހާއި ގުޅުވައިގެން ދިރާގުން ހަދިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

Jul 26, 2016

ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު މިނިވަން ދުވަހާ ގުޅުވައިގެން އެކުންފުނިން ހުޅުވާލައިފިއެވެ.

އެގޮތުން ސޯޝަލް މީޑިޔާގައި ތަފާތު ދެ ފުރުސަތެއް ދިރާގު ކަސްޓަމަރުންނަށް ވަނީ ހުލުވާލަފައެވެ. މީގެތެރެއިން އެއް ކަމަކީ އިންސްޓަގްރާމްގައި މިނިވަން ދުވަހާއި ގުޅުންހުރި ފޮޓޯއެއް ޕޯސްޓްކޮށްގެން ދެ ބޭފުޅަކަށް އެޕަލް އިން އެންމެފަހުން ބާޒާރަށް ނެރުނު އައިފޯން އެސްއީ އެއް ހޯދުމުގެ ފުރުސަތެވެ. އެގޮތުން ފޮޓޯއަށް އެންމެ ގިނަ ލައިކް ލިބިގެން އަދި ދިރާގުގެ ޖަޖުންގެ ޕެންލުން ނިންމާ އެންމެ ރީތި އަދި މިނިވަން ދުވަހާއި ގުޅުން ހުރި ފޮޓޯ ޕޯސްޓް ކުރާ ދެފަރާތަށް މި ހަދިޔާ ލިބިގެންދާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިއަދުން ފެށިގެން 31 ޖުލައި 2016 ވާ އާދިއްތަ ދުވަހުގެ ރޭ 23:59 އާއި ހަމައަށް މިކެމްޕޭނުގައި ބައިވެރިވެވޭނެ އެވެ. އަދި ޕޯސްޓްކުރާ ކޮންމެ ފޮޓޯއެއްގައި #July26withDhiraagu މި ހޭޝްޓެގް ހިމެނުމާއިއެކު ދިރާގުގެ އެކައުންޓް @Dhiraagu ޓެގް ކުރަންޖެހޭނެކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ދިރާގުން ދެން ކުރިޔަށް ގެންދަވާ ޕްރޮމޯޝަންގައި އެކުންފުނީގެ ފޭސްބުކް އާއި ޓްވިޓަރ އަދި އިންސްޓަގްރާމްގައި މިނިވަން ދުވަހާއި ގުޅިގެން ކުރެވޭ ޕޯސްޓަށް މުނާސަބަތާއި ގުޅުންހުރި ކޮމެންޓެއް ކުރުމުން ގުރުއަތުލުމެއްގައި ބައިވެރވެވޭނެ އެވެ. އަދި އެ ހުރިހާ ފަރާތްތަކެއްގެ މެދުގައި ނެގޭ ގުރުއަތަލުމުގައި 51 ނަސީބުވެރިން ހޮވާނެއެވެ. އެއިން ކޮންމެ ފަރާތަކަށް 10ޖީބީގެ ޑާޓާ ލިބިވަޑައިގަންނަވާނެއެވެ.

ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު މިއަދު ފެށި މިކެމްޕޭނާއި ބެހޭގޮތުން ވިދާޅުވީ މިފަހަރު ދިރާގުން ބޭނުންވީ މި ޗުއްޓީގައި ޒުވާނުންނާއި އާއިލާތަކުގެ ބޭފުޅުން އެކޮށް ވަގުތުތައް ހޭދަކުރަމުންދާއިރުވެސް ބޭނުންކުރަމުންދާ ސޯޝަލް މީޑިޔާ މެދުވެރިކޮށް ތަފާތު ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށްވެސް އޭނާ ބުނެއެވެ. އެގޮތުން މާ ބުރަ މަސައްކަތްތަކާއި ނުލާ މިނިވަންދުވަހުގެ އުފާ ފާހަގަކުރުމުގެ ތެރެއިން ދިރާގުގެ ކަސްޓަމަރުންނަށް މިފަދަ ފުރުސަތެއް ހުޅުވާލުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށް އިމްޖާދު ވިދާޅުވިއެވެ.

މި ފުރުސަތުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިރާގުގެ ނަމުގައި އިމްޖާދު އަރިސްކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355