twitterviber whatsapp telegramfacebookyoutube instagram
7th June 2026

ނާގޯށިން ދިވެހިންނަށް 200 އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ

Aug 8, 2016

ހދ އަތޮޅުގައި ފުރަތަމަ ހުޅުވަން މަސައްކަތްކުރާ ރިސޯޓްކަމަށްވާ ނާގޯށިން ދިވެހިންނަށް 200 އެއްހާ ވަޒިފާ އުފެދޭނެ ކަމަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހެއްކަމަށްވާ “އަވަސް” އަށް ދިން އިންޓަވިއުގައި ޝުޖާއު ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެނީ ނާގޯށި ހުޅުވަން ކަަމަށާއި ރިސޯޓް ތަރައްގީކޮށް އަންނަ އަހަރުގެ ސީޒަނަށް ހުޅުވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލުން ތަރައްގީކުރާ އެރިސޯޓްގެ  50 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ޝުޖާއު ވިދާޅުވީ ރިސޯޓުގެ މަސައްކަތް ހުއްޓުނީ އިގްތިސާދީ ގޮތުން ދުނިޔެއަށް ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ކަމަށާއި ނަމަވެސް މިހާރު އެ ކުންފުނިން މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

600 އެނދާއެކު ނާގޯށި ތަރައްގީކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރެވުނީ 2006 އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355