twitterviber whatsapp telegramfacebookyoutube instagram
10th April 2025

ފިނޭންސް މިނިސްޓްރީއަށް އުރީދޫގެ ވާރކް ގުރޫޕުގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި

Aug 16, 2016

މުވައްޒަފުންގެ މުވާސަލާތީ ބޭނުންތަކަށް ފުރިހަމަ ހައްލެއް ފޯރުކޮށްދިނުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ މުވައްޒަފުންނަށް އުރީދޫ ވަރކްގްރޫޕް ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އުރީދޫ ވަރކްގްރޫޕް ހިދުމަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ އަހުމަދު މުނައްވަރު އެވެ.

އެގޮތުން މި ހިދުމަތާއި އެކު އެ މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެއެވެ.

އުރީދޫ ވަރކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލް އެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ހަމައެއާއި އެކު 4 އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން ވާރކް ގްރޫޕްގައި ހިމެނޭ ބޭފުޅުންގެ މެދުގައި އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދެއެވެ.

މީގެ އިތުުރުން ވާރކްގްރޫޕް އަށް ދާދިފަހުން ގެނެވިފައިވާ ބަދަލުތަކާ އެކު ތައާރަފް ކުރެވިފައިވާ އާ ޕޯޓަލް މެދުވެރިކޮށް ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކުރުމާއި އާ ކަނެކްޝަންތަކަށް އެދުމާއި ވާރކްގްރޫޕުގައި ހިމެނޭ ފަރާތްތަށް ބަލައި އެ ލިސްޓް އަށް މުވައްޒަފުން އިތުރުކޮށް މަދުކުރެވޭނެއެވެ. ހަމައެއާއި އެކު ވަކި ވަކި ގްރޫޕްތައް އުފައްދާ މިގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަންވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ފިނޭންސް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް، އެސްޓީއޯ، އެމްސީއެސް، ޕީޖީ އޮފީސް، މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ލޯ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން މަޝްހޫރު އެތައް ކުންފުނިތަކާއި ރިސޯޓްތަކަށް އުރީދޫއިން ދަނީ މި ޕެކޭޖުގެ ހިދުމަތް ފޯރުކޮށް ދެމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355