twitterviber whatsapp telegramfacebookyoutube instagram
7th June 2025

ބީއެމްއެލްއިން އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭ ބްރާންޗެއް ހުޅުވަނީ

Aug 17, 2016

ބީއެމްއެލްއިން އިސްލާމިކް ބޭންކިންގ ހިދުމަތް ދޭ ހާއްސަ ބްރާންޗެއް ހުޅުވުމަށް ނިންމައިފިއެވެ.

މި ބްރާންޗް ހުޅުވުމަށް ހަމަޖެހިފައިވަނީ ބާޒާރު ބްރާންޗް މިހާރު ހުރިތަނުގައެވެ. އަލަށް ހުޅުވޭ ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް މި އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފެށޭނެއެވެ.

މި ބްރާންޗް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ސީ ޓްރެކްސް އިމާރާތުގައި ހުރި ބީއެމްއެލް ބްރާންޗް 21 އޮގަސްޓް 2016 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުވާނެއެވެ.

ސެލްފް ސަރވިސް ބޭންކިންގ ބްރާންޗް ބަންދުވިނަމަވެސް ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބޭނެއެވެ.

21 އޮގަސްޓް އިން ފެށިގެން ބާޒާރު ބްރާންޗް ބަދަލުވާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބީއެމްއެލް ލައިޓް މިހާރު ހިންގާ ތަނަށެވެ .

ރާއްޖެއިން ބޭރަށް ދާ ބޭފުޅުންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީވެސް މި ބްރާންޗުންނެވެ. އަދި ކުރިއެކޭ އެއްގޮތަށް ބްރާންޗްގެ ކައުންޓަރުތަކުން ކާޑު ބޭނުންކޮށްގެން އެކައުންޓުން ފައިސާ ނެގުމުގެ ހިދުމަތް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355