ގެސްޓްހައުސް އިންޑަސްޓްރީގެ ފަރާތްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ގެޓްއަވޭޒްގެ ފަރާތުން ބާއްވާ ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 24 ވަނަ ދުވަހު އެވެ. އަދި މި ކޮންފަރެންސް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތަކާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ޓުއަރ އޮޕަރޭޓަރުންނާއި ހޮޓެލް ސަޕްލަޔަރުންނާއި ގުޅުވާލުމަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ.
މިއާއެކު މި އިވެންޓްގެ ނަމަކަށް ވެގެންދާނީ ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016 އެވެ.
މި ކޮންފަރެންސްގައި ބައިވެރިވާނެކަން 150 ގެސްޓްހައުސް ވިޔަފާރިވެރިންނާއި މެނޭޖްކުރާ ފަރާތްތަކުން ވަނީ ކަށަވަރު ކޮށްފައެވެ. ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންޓުންކަމަށްވާ އެކްސްޕީޑިއާ އަދި ބުކިންގ ޑޮޓް ކޮމްގެ ފަރާތުން ބޭފުޅުން ބައިވެރިވެ މި ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކޮށް އެ ފަރާތްތަކުގެ ތަޖުރިބާ ވެސް ހިއްސާކުރާނެއެވެ.
މުޅި ރާއްޖެ ހިމެނޭގޮތަށް 29 ބްރާންޗް 76 އޭޓީއެމް 3200 ޕީއޯއެސް މަރޗަންޓުން 177 ކޭޝް އެޖެންޓުން 14 ސެލްފް ސާރވިސް ބޭންކިން ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކްތަކަށްވުރެ ބިޔަ އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ބޭންކެވެ.
ބޭންކް އޮފް މޯލްޑިވްސްއަށް ދާދި ފަހުން ވަނީ ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލްއިން ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތުން ދޭ މޮސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިން ދަ އިންޑިއަން އޯޝަން ގެ އެވޯޑް ލިބިފައެވެ.