twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހާއްސަ އޮފާ ތަކަކާއިއެކު އުރީދޫއިން ސެމްސަންގް ގެލެކްސީ ނޯޓް ރާއްޖެއަށް ތައާރަފްކޮށްފި

Aug 21, 2016

ވަރަށް ހާއްސަ އޮފާތަކާއި އެކު ސެންސަންގުގެ އެންމެ ފަހުގެ ސްމާޓްފޯން ކަމަށްވާ ގެލެކްސީ ނޯޓް7 އުރީދޫއިން ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

މިއަދުން ފެށިގެން އުރީދޫއިން މި ފޯނު ވިއްކަންފަށާފައިވާ އިރު، އުރީދޫ އެކްސްޕީރިއަންސް ސެންޓަރ އިން ފޯނު ބައްލަވައިގަންނަ ކޮންމެ ބޭފުޅަކަށްވެސް 128 ޖީބީގެ އެސްޑީ މެމަރީ ކާޑެއް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އުރީދޫ އިން ސެމްސަންގް ގެލެކްސީ ނޯޓް7 ބައްލަވައިގަންނަވާ ފަރާތްތަކަށް  އެކުންފުނިން ތައާރަފް ކޮށްފައިވާ ޕްރީޕެއިޑް ޕްލޭން މެދުވެރިކޮށް ބައްލަވައިގަނެވުނު ފޯން އާއި އެކު އަހަރެއްތެރޭގައި ބޭނުންކުރެވޭނެ 12 ޖީބީގެ ހިލޭ ޑޭޓާ އާއި ހިލޭ މިނިޓު ލިބިގެންދެއެވެ. މިގޮތުން ކޮންމެ މަހަކުވެސް 1 ޖީބީގެ ހިލޭ ޑޭޓާ އާއިއެކު، 100 މިނިޓުގެ ހިލޭ ކޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ސެމްސަންގް ގެލެކްސީ ނޯޓް7 ޙިޔާރުކުރައްވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް އުރީދޫ އިން އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައިވެއެވެ. އެގޮތުން މަހަކު 890 ރުފިޔާ ދައްކަވައިގެން ފޯނު ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި މަހަކު 1،200 ރުފިޔާ ދައްކަވަންޖެހޭ 6 މަހުގެ އިންސްޓޯލްމެންޓް ޕްލޭން އެއް ހިމެނެއެވެ.

މި ޕްލޭންތައް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ނޯޓް 7 ބައްލަވައިގަނެވޭނީ އުރީދޫ ޕޯސްޓްޕެއިޑް 399 އަށް ވުރެ މަތީ ޕެކޭޖެއް ޙިޔާރުކުރަށްވާ ބޭފުޅުންނަށެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv  މެދުވެރިކޮށް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355