twitterviber whatsapp telegramfacebookyoutube instagram
8th June 2025

ގޫގުލް ޑުއޯ ޕޮކަމޮން ގޯ ކޮއްޕާ ވައްޓާލައިފި

Aug 21, 2016

ގޫގުލް އިން އަލަށް ތައާރަފްކުރި ވީޑިއޯ ކޯލު ކުރާ އެޕް “ގޫގުލް ޑުއޯ” އެމެރިކާގައި އެންޑްރޮއިޑް ބޭނުންކުރާ މީހުންގެ މެދުގައި މަގުބޫލުކަން ހޯދައިފި އެވެ.

ގޫގުލް ޑުއޯ އިން ވަނީ، އެޕް ނެރުންތާ ހަފްތާއެއް ތެރޭގައި މަޝްހޫރު ޕޮކަމޮން ގޯ އަދި ފޭސްބުކް މެސެންޖަރ ވައްޓާލާފައެވެ. މި ދެ އެޕް މިހާރު އުޅެނީ ދެވަނަ އަދި ތިންވަނައިގައެވެ.

ގޫގުލް ޑުއޯ އަކީ ވީޑިއޯ ކޯލަށް ހާއްސަ އެޕެކެވެ. ގޫގުލްގެ ގިނަ އެޕްތައް ބޭނުންކުރުމަށް ގޫގުލް ނުވަތަ ޖީމެއިލް އެކައުންޓެއް ބޭނުންވިކަމުގައި ވިޔަސް، ގޫގުލް ޑުއޯއަށް ރެޖިސްޓަރ ކުރުމަށް ބޭނުންވަނީ ހަމައެކަނި ފޯނު ނަންބަރެވެ. މިއީ މިހާރު ސޯޝަލް މީޑިއާގެ ގިނަ އެޕްތަކަށް ރެޖިސްޓަރ ކުރެވޭ ގޮތް ކަމުން، ގޫގުލް އިންވެސް ވަނީ އެފަސޭހަ ކަސްޓަމަރުންނަށް ގެނެސްދީފައެވެ.

ގޫގުލް ޑުއޯގެ ހަބަރުތައް ލީކުވި ހިސާބުން ގިނަމީހުން ބުނަމުން ދިޔައީ ގޫގުލް ޑުއޯއަށް ފޭސްބުކް މެސެންޖަރ، ވަޓްސްއެޕް، އަދި ފޭސްޓައިމް ފަދަ އެޕްތައް އުޅޭ މިމާކެޓްގައި މާ ވައިގަ ހިފާނެ އެޕަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ހަފްތާއެއްގެ ތެރޭ ލިބުނު ތަރުހީބަށް ބަލައި، ގޫގުލް އިން ބުނަނީ މިއީ ކާމިޔާބު އެޕަކަށް ވެއްޖެ ކަމަށެވެ.

ގޫގުލް ޑުއޯ ޔޫއެސްގައި މަޝްހޫރު ވިކަމުގައި ވިޔަސް ރާއްޖޭގައި ބޭނުންކުރާ މީހުން އަދި ވަރަށް މަދެވެ. ރާއްޖޭގައި މިދުވަސްކޮޅު ގޫގުލް ޕްލޭ ސްޓޯރުން އެންމެ ގިނައިން ޑައުންލޯޑް ކުރަނީ ފޮޓޯ އެޑިޓް ކުރާ އެޕެއް ކަމަށްވާ ޕްރިސްމާ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com