twitterviber whatsapp telegramfacebookyoutube instagram
13th August 2026

ސިންގަޕޫރުގައި މިނެޓެއްތެރޭ ކޮވިޑް ނަތީޖާ ލިބޭ ބްރެތްލައިޒާ ޓެސްޓެއް އުފައްދައިފި

ހާޝިމް އަބޫބަކުރު
May 26, 2021
1

އެއް މިނެޓް ތެރޭ ކޮވިޑް 19ގެ ޓެސްޓް ނަތީޖާ ބެލޭ ވަރުގެ ބްރެތް ޓެސްޓް އެއް ސިންގަޕޫރުގެ ސިއްހަތާއި ބެހޭ ޖަމިއްޔާއަކުން އުފައްދައިފި އެވެ.

ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ މިދިޔަ ހޯމަ ދުވަހު މިކަން އިއުލާާންކޮށްފައިވާއިރު މީގެ މުހިންމުކަން ހާމަ ކުރަމުން ބުނެފައިވަނީ އެން.ޔޫ.އެސް ގެ މި ސިސްޓަމް ވެގެން ދާނީ މުޅި ގައުމަށް ކުރިމަތި ވެފައިވާ ކޮވިޑް 19 ގެ ވަބާއިން އަރައިގަތުމަށް ލިބިގެން ދާނެ ހިތްވަރެއް ކަމުގައެވެ. ސަބަބަކީ އެއް މިނެޓް ތެރޭގައި އެހާ ޔަގީންކަމާއިއެކު ކޮވިޑް 19 ގެ ޓެސްޓް ނަތީޖާ ހޯދޭނެތީއެވެ.

”މި ޕެންޑެމިކް އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ. އިގްތިސާދު ކޮޅަށް ޖަހަން ތަކުރާރުކޮށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް ހުރުން މުހިންމު“ އެންޔޫއެސް ގެ ޕްރޮފެސާ ފްރެޑީ ބޮއޭ ބުނެފައިވެއެވެ.

ބްރީތޮނިކްސް ނަމަކަށް ކިޔާ މި ބްރީތަލައިޒާ ބޭނުންކުރަނީ އަލްކަހޮލް ޑިޓެކްޓް ކުރާ ބްރީތެލައިޒާ ތަކާއި އެއްގޮތަށެވެ.

ބްރީތޮނިކްސް ބޭނުންކުރުމަށް މި ޑިވައިސް ގައިވާ މައުގްޕީސް އަށް ނޭވާލުމުން ކޮވިޑް 19 އަށް ޓެސްޓް ކުރެވޭނެއެވެ. މު ޑިވައިސް ގައިވާ މައުތްޕީީސް އަކި އެއްފަހަރު ބޭނުންކުރުމަށް ފަހު ޑިސްޕޯސް ކުރެވޭ ގޮތައް ފަރުމާ ކުރެވިފައިވާ މައުތްޕީސް އެކެވެ.

ސިންގަޕޫރުގެ ސިއްހަތާއި ބެހޭ އިދާރާއިން މިހާރު ދަނީ ބޭރުން އަންނަ ފަތުރުވެރިން މި ޓެކްނޮލޮޖީގެ އެހީގައި ޓެސްޓް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355