twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫ އިން ޔޫތް އެމްބެސެޑަރ ޕްރޮގްރާމް ތައާރަފްކޮށްފި

Sep 8, 2016

ކުރިއަށް އޮތް ޖީލުގެ ވިޔަފާރިވެރީންނަށް ހާއްސަކޮށްގެން އުރީދޫ އިން ޔޫތް އެމްބެސެޑަރ ޕްރޮގްރާމެއް ފަށައިފި އެވެ.

އެގޮތުން މި ޕުރޮގުރާމްގެ ފުރަތަމަ ފިޔަވަހި ފަށައިފައިވަނީ ބ. އޭދަފުށީގަ އެވެ.

މި ޕުރޮގުރާމަކީ މަސައްކަތުގެ މައިދާނުގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ހުނަރުތައް ޒުވާން ކުދިންނަށް އުނގަންނައިދޭ ޕްރޮގްރާމްއެއް ކަމަށާއި އުރީދޫ ޓީމާއި އެކު ކުރިޔަށްގެންދެވޭ މިތަމްރީނުތަކުން ބައިވެރިންނަށް ހަގީގީ ވިޔަފާރީގެ މާހައުލަށް ލޯހުޅުވި ވިޔަފާރިކުރުމުގެ ގޮތުން ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދެވޭނެ އެވެ. އަދި މި ޓްރެއިނިންގައި އަށް ބިނާކޮށް ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ޒުވާނުންނަށް އުރީދޫގައި ތިން މަހުގެ އިންޓާންޝިޕް ޕްރޮގްރާމްއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމް ފެށިގެންދަނީ އެއް ދުވަހުގެ ޓްރެއިނިންގެ ސެމިނަރ އަކުންނެވެ.

މުޅި ދުވަހަށް ބަހާލެވިފައިވާ އެއްދުވަހުގެ ސެމިނަރ އެއް ހިމެނޭ މި ޕްރޮގްރާމްގައި، ބިޒްނަސް ކޮމިޔުނިކޭޝަން، ސޭލްސް ޓެކްނިކް، ކަސްޓަމަރ ސެންޓްރިސިޓީ، ވަރކް އެތިކްސް، އަދި ޓީމް އެންގޭޖްމަންޓް ފަދަ މުހިއްމު މައުލޫތައް ދެވިގެން ދާނެ ކަމަށް އުރީދޫއިން މައުލުމާތު ދެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި ކުރިޔަށް އޮތްތަނުގައި، އުރީދޫގެ ޔޫތު އެމްބެސެޑަރ ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރެވިގެންދާނެ ކަމަށް އުރީދޫއިން މައުލުމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355