ނަސްވާ ހަސަން
މި އަހަރުވެސް ރާއްޖޭގައި ޒުވާނުންނަށް ބޭއްވޭ އެންމެ ބޮޑު އީދު ޝޯވ، “ދިރާގު ޢީދު ޝޯވ” މި އަހަރު ގެ އަޟްހާ އީދު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި އަހަރު ދިރާގު އީދު ޝޯވ ބާއްވަނީ 12 ސެޕްޓެމްބަރ 2016 ވާ ހޯމަ ދުވަހު ރޭގަނޑު 20:30 އިން 00:00 އަށް “އެކުވެނި ޓްރެކް” ދަނޑުގައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި ދިރާގުގެ އަމާޒަކަށް ވެފައިވަނީ ރާއްޖޭގެ ޒުވާނުންނަށް އެ ކުދިން ގެ ހުނަރު ދައްކާލަން ބޮޑު ޕްލެޓްފޯމެއް ކޮންމެ އަހަރަކުވެސް ބިނާ ކުރުންކަމަށާއި މި ޒުވާން ފަންނާނުންނަށް ތަރުހީބު ދީ އީދުގެ އުފަލުގައި ބައިވެރި ވުމަށެވެ.
މި އަހަރުގެ ޝޯވ ގައި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގައި ފެނިގެންދާނެ ފަންނާނުންނަކީ:
– ހައިޝަމް ތައުފީގް އެންޑް ބޭންޑް
– އިޝާން އެންޑް ބޭންޑް
– ޒަލީފް އެންޑް ޓީމް ފިޓް
– ޑީޖޭ ފާރިހް (ޑީޖޭ އަލްފީ)
– ހަރުބީ ބޮޑު ބެރު ގުރޫޕް
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ ޢީދު ޝޯވ އަކަށް މި ޝޯވ ހެދުމަށްވަރަށް ކުޅަދާނަ ފަރާތް ތަކާ އެކު ދިރާގުން ވަނީ ގުޅި ޕާރޓްނާޝިޕް ހަދާފައި އެވެ. އެގޮތުން މި ޝޯވ ގެ ޕާރޓްނަރުންގެ ތެރޭގައި ހިމެނެނީ:
– ލައިޓް އެންޑް ސްޓޭޖް: ސްޓޭޖް ކޯ
– ސައުންޑް: ސައުންޑް ހައުސް
– އޮފިޝަލް މެގަޒިން: މިސްކް
– އޮންލައިން މީޑިއާ: އަވަސް
– ބެވަރެޖް: މޯޓޯ
– އިވެންޓް: ތިންކް މޯލްޑިވްސް
ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް މި ޝޯވއަށް 7،000 އަށް ވުރެ ގިނަމީހުން ވަނީ ޒިޔާރަތްކޮށްފައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.