twitterviber whatsapp telegramfacebookyoutube instagram
11th May 2025

އުރީދޫ އިން ފުރަތަމަ ޕަބްލިކް ޗެޓް ގްރޫޕް ތައާރަފްކޮށްފި

Sep 10, 2016

ވައިބާގައި ދިވެހިންނަށް އަމާޒުކޮށްފައިވާ ފުރަތަމަ ޕަބްލިކް ޗެޓް ގްރޫޕް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އަކީ ވައިބާ ޕަބްލިކް ޗެޓްގައި ހިމެނޭ ފުރަތަމަ ދިވެހި ކުންފުންޏެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސް ޕަބްލިކް ޗެޓް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް މުހިއްމު ޚަބަރުތަކުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުން ޝައުގުވެރިކުރުވާފަދަ މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށް އުރިދޫއިން މައުލޫމާތު ދެއެވެ.

މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ރައްޔިތުންނާއި ގުޅުން ބަދަހިކޮށް، އެންމެ އަވަސް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިޔާ ވަނީ ވަރަށް ފުރިހަމަ ފުރުސަތުތަކެއް ހުޅުވާލަދީފައެވެ. ދިވެހިންގެ ތެރެއިން ގިނަ ބައެއް ވައިބާ ބޭނުންކުރާއިރު، އެބޭފުޅުންނާއި މުއާމަލާތު ކުރުމަށް އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ޗެޓް އެހީތެރިވެދޭނެ އެވެ.

ވައިބާ ގައި ތައާރަފް ކުރެވިފައިވާ، viber.com/ooredoomaldives އަށް ޒިޔާރަތް ކުރެއްވުމުން އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ޗެޓް ފޮލޯ ކުރެވުނީ ކަމަށް އުރިދޫއިން މައުލޫމާތު ދެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com