ދިރާގުން މި އަހަރުގެ އަޟްހާ ޢިދާ ދިމާކޮށް ޕްލުމީރިއާ ގެސްޓް ހައުސް އާ ގުޅިގެން ހިންގި ޕްރޮމޯޝަންގެ އީދު ހަދިޔާ ކުޅުދުއްފުށީ ސުތުލިމާގެ ހަދީޖާއަށް ލިބިއްޖެ އެވެ.
ދިރާގުން މިއިނާމުގެ ނަސީބުވެރިޔާ ހޮވާފައިވަނީ ދިރާގު ގެ ފޭސް ބުކް ޕޭޖް މެދުވެރިކޮށް ކުރިއަށް ގެންދިޔަ “ލައިކް އެންޑް ޝެއަރ” ޕޮރޮމޯޝަން އަކުންނެވެ. 1،500 އަށްވުރެން ގިނަ ކަސްޓަމަރުން 24ގަޑިއިރަށް ވުރެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ މިޕްރޮމޯޝަނުގައި ބައިވެރިވެ މިކަމަށް ތައްޔާރުކޮށްފައިވާ ޕޯސްޓް ޝެރާކޮށް ލައިކްކޮށްފައެވެ.
“އަޅުގަނޑު ހުރީ މި ޢީދު ބަންދުގައި އާއިލާ އާ އެއްކޮށް ޢީދު އުފަލުގައި ބައިވެރިވާން ރަށަކަށް ދާން ވަރަށް ބޭނުން ވެފަ. ނަމަވެސް، އެކި އެކި ސަބަބު ތަކާހެދި ނުދެވިފައި ވަނި ކޮށް މި ލަކީ ޑްރޯ ކާމިޔާބު ވިކަމުގެ ހަބަރު ލިބުނީ. އެންމެ އުފާވަނީ އަޅުގަނޑުގެ މުޅިއާއިލާއާއެކު އީދު ޗުއްޓީ ހޭދަކޮށްލަން ދިއުމުގެ ފުރުސަތު ލިބިގެން ދިޔުމުން. އެހެންކަމުން މި ފުރުސަތުގަ ދިރާގުން ޢީދާ ގުޅޭ ޢީދު ހަދިޔާއެއް ޕްލުމީރިއާ ފަދަ ބޮޑު ގެސްޓް ހައުސް އަކުން ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން.”މި އިނާމް ލިބުމުން މި ލަކީޑްރޯ ކާމިޔާބުކުރި ހަދީޖާ ބުންޏެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރި ކޮށް މި ޕޮރޮމޯޝަން ކުރިއަށް ގެންދިޔައީ، ދިރާގަކީ ރާއްޖޭގައި މިހާރު ސޯޝަލް މީޑިޔާ ގެ ކަވަރޭޖެ އެންމެ ބޮޑު އެއް ކުންފުންޔަށް ވެފައި ރާއްޖޭގެ ވީހާވެސް ގިނަ ފަރާތް ތަކުން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މަގު ފަހި ކޮށް ދިނުމުގެ ބޭނުމުގައެވެ. އަދި މިފަހަރުގެ ޕްރޮމޯޝަން ކުރިއަށް މިގެންދިޔައީ ފޭސްބުކް ބޭނުންކުރައްވާ ދިރާގު ފޭސްބުކްފޭނުންގެ ތެރެއިން ރަށުން ބޭރަށް ޢީދު ޗުއްޓީ ހޭދަކޮށްލަން ވަޑައިންނަވަން ބޭނުންފުޅުންނަށް އަމާޒުކޮށްގެން ނެވެ.
މި އަހަރުގެ އަޟްހާ އީދުހަދިޔާގެ ގޮތުގައި ގުރުވަތުން ހޮވޭ ބޭފުޅެއްގެ އާއިލާއާއި އާއިއެކު މި ކުރިއަށް އޮތް އަޟްހާ ޢީދު ބަންދުގައި ޕްލުމިރިއާ ގެސްޓް ހައުސްގައި 2 ރެޔާއި 3 ދުވަހު ހުރުމުގެ ފުރުސަތެވެ. ވ. ތިނަދޫގައި ހުންނަ ޕްލުމީރިއާ ގެސްޓް ހައުސް އަކީ ރާއްޖޭގައި މިހާރު ހިންގާ އެންމެ ބޮޑު އެއް ގެސްޓްހައުސް ފިޔަފާރިއެވެ.
ދިރާގުން ބުނީ މި ކަހަލަ ހަދިޔާތަކާއި އެކު ތަފާތު ޕްރޮމޯޝަންތައް ދިރާގުގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ގެނެސްދޭނެ އެވެ.