twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަޟްހާ ޢީދުގެ މުނާސަބަތުގައި، އުރީދޫ ކަސްޓަމަރުންނަށް %50 ބޯނަސް ޑޭޓާ

Sep 12, 2016

އުރީދޫ މޯލްޑިވްސްއިން އަޟްޙާ އީދުގެ މުނާސަބަތުގައި އީދުގެ އުފާވެރިކަން ހިއްސާކޮށްލުމަށްޓަކައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް %50 ހިލޭ ޑޭޓާ ތައާރަފްކޮށްފިއެވެ.

އުރީދޫ ބޯނަސް ޑޭޓާ ހޯއްދެވުމަށް އުރީދޫ ޑޭޓާ ޕެކް އެއް އެކްޓިވޭޓް ކުރެއްވުމުގެ ކުރިން *108# އަށް ގުޅާލައްވެމަށްފަހު އުރީދޫ ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލެއްވުމުން ބޯނަސް ޑޭޓާ ލިބޭނެ ކަމަށާއި މި ބޯނަސް ޑޭޓާ ކުރިއަށްދާނީ އީދު ދުވަހުން ފެށިގެން 13 ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް އުރީދޫއިން މައުލުމާތު ދެއެވެ.

އުރީދޫ ބޯނަސް ޑޭޓާގެ އިތުރު އީދު އޮފަރއެއް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ހައްޖު މޫސުމަށް ހާއްސަކޮށްގެން، އެންމެ އަގުހެޔޮ ރޭޓުގައި ރާއްޖޭން ސައުދީ އަށް ގުޅާލެވޭ އައިޑީޑީ އޮފަރ އެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފަ އެވެ. މިގޮތުން، 011 + ކަންޓްރީ ކޯޑް + ނަންބަރު ޖެއްސެވުމުން، މިނެޓަކު އެންމެ 1.85 ރފ. އަށް ސައުދީގައިވާ އާއިލާ މެންބަރުންނާއި ރައްޓެހިންނަށް ގުޅާލެވޭނެ ކަމަށް އުރީދޫއިން މައުލުމާތު ދެއެވެ. އަދި އޮފާ ކުރިއަށްދާނީ 30 ސެޕްޓެމްބަރގެ ނިޔަލަށެވެ.

އުރީދޫ ޓީމްގެ ފަރާތުން އުރީދޫގެ ކަސްޓަމަރުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ އަޟްހާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ. ކުލަގަދަ ގޮތެއްގައި ޢީދު ފާހަގަކޮށް ޢީދުގެ އުފާ ގާތްތިމާގެ މީހުންނާއި ހިއްސާކުރަމުންދާ އިރު އުރީދޫގެ މި ޢީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަނެ ކަމަށް އުރީދޫއިން މައުލުމާތު ދެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 9612345 އަށް ގުޅުއްވާ 1 ޖައްސެވުމުން އިގިދެން ދާނެ ކަމަށް އުރީދޫއިން މައުލުމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355