twitterviber whatsapp telegramfacebookyoutube instagram
7th June 2025

މިމަހުން ފެށިގެން ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނަގަނީ

Sep 28, 2016

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިމަހުން ފެށިގެން ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނަގަން ނިންމައފި އެވެ.

މި ޗާޖު ހިމަނަން ފަށާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުންގެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު ވަނީ 8.12ރ. އަށް ބޮޑުވެފަ އެވެ.

މިއީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނައި ފަހުން ފިއުލް ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ފުރަތަމަ ފަހަރެވެ.

މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފައިވެ އެވެ.

ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފަ އެވެ. މި އުސޫލުން ފިއުލް ސާޗާޖް ނަގާ ނަމަ، މިހާރު 1،000ރ. އަރާ ބިލަކަށް ގާތްގަނޑަކަށް 33ރ. އިތުރުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355