twitterviber whatsapp telegramfacebookyoutube instagram
7th June 2026

ދިރާގުން އައިފޯންގެ 3 ވަނަ ސްޓޮކް ގެނެސްފި

Oct 12, 2016

ދިރާގުން އައިފޯންގެ 3 ވަނަ ސްޓޮކް ގެނެސް ވިއްކަން ފަށައިފި އެވެ.

އެގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރ ސާވިސް ސެންޓަރުތަކުން މި ފޯން މިހާރު ލިބެން ހުންނާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ އައިފޯނުގެ ތިންވަނަ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވާއިރު މިއީ ޕްރީ އޯޑާ ނުކުރެވުނު ކަސްޓަމަރުންނަށް އައިފޯނު ހޯދުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން މި ސްޓޮކްގައި ހިމެނޭ ފޯންތައް މީގެ ކުރިން އައިފޯން 7 ގަތުމަށް ދިރާގުގައި ޕްރީރަޖިސްޓާ ނުކޮށް ތިބި ފަރާތްތަކަށް ވެސް ގަނެވޭނެ އެވެ.

ދިރާގުން އައިފޯން 7 ގަންނަ ކޮންމެ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބެ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާއާއި ދިރާގު ނަމްބަރުތަކަށް ގުޅުމަށް ހިލޭ 300 މިނިޓު ލިބެ އެވެ.

އައިފޯނު އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގުން ވަނީ ހާއްސަ ޕްލޭންތަކެއް ވެސް ތައާރަފު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355