twitterviber whatsapp telegramfacebookyoutube instagram
11th November 2026

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް މިފަހަރުވެސް ދިރާގު

Oct 12, 2016

މޯލްޑިވްސް އިންވެސްޓްމެންޓްގެ ތިންވަނަ ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ވަނީ ބައިވެރިވެފައި އެވެ. މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބާއްވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރ މަހު 21 އަދި 22 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

މިއަދު ވަނީ އިންވެސްޓްމެންޓް ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފައެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ސްޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާޢިލް ރަޝީދެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ވެސް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު ދެ ފަހަރުވެސް ދިރާގުން ވަނީ އެ ފޯރަމްތަކުގައި ބައިވެރިވެފައި ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293