twitterviber whatsapp telegramfacebookyoutube instagram
11th November 2026

ޕަބްލިކް ކުންފުންޏަކަށް ހަދައި، އުރީދޫއިން ހިއްސާ ވިއްކަން ފަށަނީ

Oct 13, 2016

އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ހަދައި ހިއްސާ ވިއްކުމަށް އެކުންފުންނިން ނިންމައިފި އެވެ.

ގަތަރު ސަރުކާރުގެ ބޮޑު ހިއްސާއެއް ވެސް އޮންނަ އުރީދޫ މޯލްޑިވްސް ހިއްސާގެ ބާޒާރުގައި މިއަދު ލިސްޓު ކުރުމަށް ވަނީ ނިންމާފަ އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމަށް ފަހު، ހިއްސާ ވިއްކަން އާއްމުކޮށް ހުޅުވައިލުމުގެ ކުރިން ކުންފުނީގެ މައުލޫމާތާއި ވިއްކާ ހިއްސާގެ މައުލޫމާތު ހިމެނޭ ޕްރޮސްޕެކްޓަސް އިއުލާން ކުރަންޖެހެ އެވެ. އުރީދޫން ބުނި ގޮތުގައި އެކަން ކުރާނީ އަދި ފަހުންނެވެ.

ރާއްޖޭގެ މޮބައިލް ފޯނު ހިދުމަތުގެ 30 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރާ އުރީދޫން ހިއްސާ ވިއްކަން ނިންމިއިރު ހިއްސާގެ ބާޒާރާ ބެހޭ ގާނޫނުތައް ބުނާ ގޮތުން ޕްރޮސްޕެކްޓަސް އިއުލާން ކުރުމަށް ފަހު ހިއްސާ ވިއްކަން ފެށުމުގެ ކުރިން މަދުވެގެން 15 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ.

އެހެންކަމުން އުރީދޫން މި މަހުގެ ތެރޭގައި ޕްރޮސްޕެކްޓަސް އިއުލާން ކުރި ނަމަވެސް، އަމަލީ ގޮތުން ހިއްސާ ވިއްކަން ފެށޭނީ އަންނަ މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293