twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އުރީދޫއިން ސެޓަލައިޓް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ތުރާޔާ ގުޅިއްޖެ

Oct 20, 2016

އުރީދޫ މޯލްޑިވްސް އިން ރާއްޖެގައި ސެޓަލައިޓް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ތުރާޔާ ގުޅިއްޖެ އެވެ.

މި އެއްބަސް ވުމުގެ ދަށުން މޮބައިލް ސެޓަލައިޓް ސާވިސް (އެމްއެމްއެސް) އޮޕަރޭޓާ ތުރާޔާ ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ އިން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް މޮބައިލް ސެޓެލައިޓްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ފުރަތަމަ ފިޔަވަހީގައި މަސްވެރިންނަށް ހާއްސަކޮށްގެން ތުރާޔާގެ ސެޓަލައިޓް ނެޓްވަރކް މެދުވެރިކޮށް ބޭނުންކުރެވޭނެ ވޮއިސް ޕްރޮޑަކްޓްސް އަދި ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދެވިގެން ދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އެގޮތުން އިއްޔެއިން ފެށިގެން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން އަދި އުރީދޫގެ އެންޓަރޕްރައިޒް ޓީމް މެދުވެރިކޮށް ތުރާޔާގެ ސެޓްސްލީވް+ އަދި ސެޓްސްލީވް ހޮޓްސްޕޮޓް ޑިވައިސްތައް ލިބިގެންދާނެއެވެ.

ރާއްޖޭގައި މަސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ކޮންމެ މަސްދޯންޏެއްގައި ވެސް ސެޓަލައިޓްގެ ހިދުމަތް ލިބޭ މުވާސަލާތީ ވަސީލަތެއް ހުރުން ލާޒިމް ކުރެވިފައިވާއިރު އުރީދޫ އާއި ތުރާޔާގެ މަގްސަދަކީ މަސްވެރިންނަށް ހެޔޮއަގެއްގައި ފެންވަރު ރަނގަޅު ސެޓަލައިޓް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މިއީ ހާއްސަގޮތެއްގައި ނެޓްވަރކް ލިބެން އުނދަގޫ ހިސާބުތަކުގައި ބޭނުންތެރި ވަސީލަތްތަކެކެވެ. މި ވަސީލަތްތައް މެދުވެރިކޮށް ވޮއިސް ކޯލް، އެސްއެމްއެސް، އީމެއިލް، އަދި މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރެވޭއެވެ. އަދި މި ދެ އެޑެޕްޓަރގައިވެސް ވެސް ސްމާޓްފޯންއެއްގެ އެހީ އާއި ނުލާ ބޭނުންކުރެވޭ ސަލާމަތީ (އެސްއޯއެސް) ފީޗަރ އެއްވެސް ހިމެނެއެވެ.

އެގޮތުން މަސްވެރިންގެ އުޅަނދުތަކުގައި ތުރާޔާގެ ސެޓަލައިޓް ހިދުމަތްތައް ބޭނުންކުރުމާއި އެކު އާންމު ހާލަތްތަކުގެ އިތުރުން ނުރައްކާތެރި ހާލަތްތަކުގައިވެސް މަސްވެރިންނަށް އެތައް ބޭނުމެއް ފުއްދައިދޭ މޮނީޓަރިންގް ސިސްޓަމްތަކާއި ޕްރޮޑަކްޓްތަކެއް ލިބިގެންދާނެއެވެ.

އުރީދޫ އާއި ތުރާޔާގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންދެވޭނީ މިއަހަރުގެ ފަހުކޮޅުކަމަށްވާއިރު ދެވަނަ ފިޔަވަހި އަމާޒުކުރެވޭނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ 105 އަށް ވުރެ ގިނަ ރިސޯޓުތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355