މޯންސްޓާ އެނާޖީ ޑޮރިންކް ރާއްޖެއަށް މިދިޔަ ހުކުރު ދުވަހު މާލޭގައި ވަނީ ތައާރަފް ކޮށްފަ އެވެ.
މޯންސްޓާ އެނާޖީ ޑޮރިންކް ވިއްކުމަށް ހަމަޖައްސައިފާ ވަނީ މާލެ އައިރޭޓެޑް އެންޑް ވޯޓާ ކޮންފެނީ އަށެވެ. މޯންސްޓާ އެނާޖީ ޑޮރިންކް އެއީ ކޮކާ ކޯލާ ކުއްފުނީގެ ބުއިމެކެވެ.
އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި މި ޖަލްސާގައި ވަނީ މަޝްހޫރު ފަންނާނުންގެ ލަވަތަކާއި އަލިފާނުގެ ހަރަކާތް ތަކުގެ އިތުރުން ކާރާއި ސައިކަލް ސްޓަންޓްގެ ހަރަކާތްތަކެއް ވަސް ވަނީ ފެނިގެންގޮށްސައި އެވެ. މި ހަރަކާތް ތަކުން މޯންސްޓާ އެނާޖީ ޑޮރިންކް ބޭނުން ކުރެވޭ މަޤްސަދު އެނގިގެން ދެއެވެ.
ޔޫއެސްގެ އުފެއްދުމެއް ކަމަށްވާ މޯންސްޓާ އެނާޖީ ޑޮރިންކް މިހާރުވަނީ ދުނިޔޭގެ ގިނަ ހިސާބު ތަކަކަށް މަޝްހޫރު ބުއިމަކަށް ވެފައެވެ. އެގޮތުން މިހާތަނަށް %39 ގެ އެނާޖީ ޑޮރިންކްސް މުޅި ދުނިޔޭގެ މާކެޓަށް ނެރެފައި ވާނެ ކަމަށާއި އެއީ ގާތްގަޑަކަށް 31.9 ބިލިއަށް ޑޮލަރުގެ ފަައިދާއެވެ. އަދި މިބުއިން ގިނައިން ބޭނުން ކުރަމުންދަނީ ކުޅިވަރުގެ ހަރަކާތް ތަކުގެ ތެރޭގައި ކަމަށް ހަބަރު ތަކުން ބުނެފައި ވެއެވެ.
މަދުމަދުން ރާއްޖެ ތެރޭގެ ރަށްތަކަށް ވެސް އާންމު ވެގެން ދާނެކަމަށް ހަބަރު ތަކުން ބުނެފައި ވެެއެވެ.