twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގަށް 2016 ވަނަ އަހަރުގެ މިހާތަނަށް 2 މިލިއަށް ރުފިޔާގެ އާމްދަނީއެެއް

Oct 27, 2016

ދިރާގުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ލިބުނު އާމްދަނީ އަކީ 1.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. އަދި މިއީ 2015 ގެ މިމުއްދަތާއި އަޅާބަލާއިރު 184 މިލިއަންގެ ކުރިއެރުމެއް ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް އަޅާ ބަލާއިރު ދިރާގުން މިވަނީ އަހަރުގެ މިހާތަނަށް ރެކޯޑު އަދަދެއްގެ އާމްދަނީއެއް ވެސް ހޯދާފައެވެ.

އަދި 2016 ވަނައަހަރުގެ 3 ވަނަ ކުއަރޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 203 މިލިއަން ރުފިޔާގެ އިތުރުން އަދި ސެޕްޓެމްބަރުގެ ނިޔަލަށް ހިއްސާއަކަށް އާމްދަނީގެ ގޮތުގައި 10.72 ރުފިޔާ ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 806 މިލިއަން ރުފިޔާ ވަނީ ބަހާފައި ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން އެކުލަވާލާފައިވާ ސިޔާސަތްތަކުގެ ދަށުން 2016 ވަނަ އަހަރުގެ ތެރޭގައި ގިނަގުނަ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމް ކުރެވިފައިވާ ދިރާގުގެ އިންފްރާ ސްޓްރަކްޗާރ އަށް ވެސް ވަނީ އިތުރު ޒަމާނީ ކުރިއެރުންތަކެއް ގެނެވި، ކަސްޓަމަރުން އެންމެ ބޭނުންވާ ހިދުމަތްތައް ކަމަށްވާ އިންޓަނެޓުގެ ހިދުމަތްތައް (3ޖީ އަދި 4ޖީގެ އިތުރުން) ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތްތައްވެސް މިވަނީ އެތައްގުނައަކަށް ފުޅާކޮށް ފުރިހަމަ ކުރެވިފައެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މިހާރުވެސް ދިރާގުން ދަނީ ދިރާގުގެ ނެޓްވާކާއި އިތުރު ހިދުމަތްތައް ކުރިއެރުވުމުގެ މަސައްކަތައް ކެންޑިނޭޅި ކުރަމުން ކަމަށެވެ. އަދި މިމަސައްކަތް ހާސިލު ކުރެވެނީ ދިރާގުން ކުރެވެމުންދާ އިންވެސްޓްމަންޓްތަކާއި، ހިންގުންތެރި މެނޭޖްމަންޓް އަދި ހީވާގި މުވައްޒަފުންގެ ސަބަބުންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355