twitterviber whatsapp telegramfacebookyoutube instagram
10th November 2026

މާދަމާ ހަނދު ފެންނާނީ ދުނިޔެއާ ވަރަށް ގާތުން، އެހެން ދުވަސްތަކަށް ވުރެ ފުރިހަމަ ވާނެ

Nov 13, 2016

މާދަމާގެ ހަނދު އެހެން ދުވަސް ދުވަހަށްވުރެ ރީތިކޮށް ގާތުން ފެނިގެންދާނެ އެވެ.

މާދަމާ އަކީ “ސުޕަރމޫން” އެއް 2012 ގެ ފަހުން ފެނިގެންދާނެ ދުވަހެވެ. 26 ޖެނުއަރީ 1948 ވަނަ އަހަރަކީ ސުޕަރ މޫން ދުނިޔެއާ އެންމެ ކައިރިން ފެނިގެންދިޔަ އަހަރެވެ. އެކަމަކު މާދަމާ ފެނިގެންދާ ހަނދު 1948 ގެ ހަނދަށް ވުރެ ކައިރިވެފައި ރީތިވަނެ ކަމަށް ނާސާ އިން ބުނެއެވެ.

ސުޕާ މޫން އެއްގައި ހަނދުގެ އެންމެ ބޮޑުމިނުގައިފެނިގެން ދާނެއެވެ. އެއީ ހަނދު ފެނުމުގެ 3 ގަނޑިއިރު ފަހުނެވެ. އަދި 14 ޑިސެންބަރ 2017 ވަނަ އަހަރުގައި ވެސް ސުޕަރމޫން އެއް ފެނިގެންދާނެ ކަމަށާއި އެކަމަކު މާދަމާގެ ހަނދަށް ވުރެ ކުޑަވާނެ ކަމަށް ހަބަރުތަކުން ބުނެއެވެ.

މާދަމާގެ ހަނދަށްފަހު ސުޕަރ މޫން އެއް އެންމެ ބޮނޑުކޮށް ފެނިގެން ދާނީ 25 ނޮވެންބަރ 2034 ގައި ކަމަށް ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293