twitterviber whatsapp telegramfacebookyoutube instagram
7th June 2026

މީރާއިން މިދިޔަ އޮކްޓޫބަރު މަހު 888.4 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ

Nov 17, 2016

ވޭތުވެދިޔަ އޮކްޓޫބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 888.4 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ބަލައިގަތް ޖުމްލަ އާމްދަނީ އަކީ 12.30 ބިލިއަން ރުފިޔާ ކަމަށާއި މިއީ 2015 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %9.2 އިތުރު އަދަދެއް ކަމަށް ވެއެވެ.

މީރާއިން ބުނާގޮތުގައި އޮކްޓޫބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށާއި އެއީ %61.4 ނުވަތަ 545.18 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ އިތުރުން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (101.02 މިލިއަން ރުފިޔާ ނުވަތަ %11.4) އިން ކަމަށެވެ. މީގެ އިތުރުން، ބީ.ޕީ.ޓީ (48.98 މިލިއަން ރުފިޔާ ނުވަތަ %5.5)، އެހެނިހެން ޓެކުހާއި ފީ (112.74 މިލިއަން ރުފިޔާ ނުވަތަ %12.7) އަދި ޖޫރިމަނާ ގެ ގޮތުގައި (31.54 މިލިއަން ރުފިޔާ ނުވަތަ %3.6) ވަނީ ލިބިފައި ކަމަށެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ބަލައިގަތް އާމްދަނީ 2015 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %23.8 ވަނީ އިތުރު ވެފައެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ މި އަހަރުގެ 3 ވަނަ ކުއާޓާގައި ޖީ.އެސް.ޓީގެ ގޮތުގައި ދައްކާފައިވާ އަދަދު އިތުރުވުން ކަމުގައި މީރާއިން ވަނީ ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355