twitterviber whatsapp telegramfacebookyoutube instagram
22nd June 2025
ADVERTISEMENT

ޓްރޭޑް ފެއަރއަށް ބޮޑު ތަރުހީބެއް، ހުރިހާ ސްޓޯލްތަކެއް ފުލްވެއްޖެ

Nov 22, 2016

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ފެއަރ އަށް ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެކަން އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިފެއަރއަކީ އެއްތަނަކުން އަގުހެޔޮކޮށް ގިނަ އަދަދެއްގެ މުދާ ގަންނަ ލިބިގެންދާ ފުރުސަތެކެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ މިއަހަރުގެ ފެއާރ އަށްވެސް ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިހާރު ހުރިހާ ސްޓޯލްތަކެއް ފުލްވެފައިވާ ކަމަށެވެ.

ކުރީ އަހަރާއި ތަފާތުކޮށް މިއަހަރު ހޯލްވަނީ އެއް ވިޔަފާރިއަކުން އެކޮށް ހިފާފަކަމަށާއި ބާކީ ހުރި 12 ސްޓޯލްވެސް ފުލްވެފައިވާ ކަމަށް ޑެޕިއުޓީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަހަރުވެސް ތަފާތު ގިނަ ތަފާތު މުދާ އެއްތަނަކުން އަގު ހެޔޮކޮށް ލިބިގެންދާނެ ކަމަށެވެ.

މި ޓްރޭޑް ފެއަރ މިއަހަރު ބާއްވަން ނިންމާފައިވަނީ ޑިސެމްބަރު 1 އިން 5 ޖަލާލުއްދީން ސްކޫލުގަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com