twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮންމެ ދުވަހަކު ޑުބާއި ދަތުރެއް މުޅިން ހިލޭ ލިބޭ ޕޯސްޓްޕެއިޑް ޕްރޮމޯޝަންއެއް ދިރާގުން ފަށައިިފި

Nov 29, 2016

ކޮންމެ ދުވަހަކު ޑުބާއި ދަތުރެއް މުޅިން ހިލޭ ލިބޭ ޕޯސްޓްޕެއިޑް ޕްރޮމޯޝަންއެއް ދިރާގުން ތައާރަފުކޮށްފި އެވެ.

މިއަދު މި ފެށި ޕްރޮމޯޝަން އަކީ ދިރާގުގެ އެންމެ ފުރިހަމަ ޕޯސްޓްޕެއިޑް ޕްލޭނެއް ނަންގަވާ ކަސްޓަމަރުންނަށް އަމާޒުކޮށް މުޅިން ހިލޭ ކޮންމެ ހަފްތާޔަކު ނަސީބުވެރި ބޭފުޅަކަށް ފުރިހަމަ ޑުބާއީ ދަތުރު ޕެކޭޖެއް ލިބޭ ޕްރޮމޯޝަނެެކެވެ.

ދިރާގުން ހަދިޔާ ކުރާ މި ހާއްސަ ޑުބާއީ ދަތުރުގައި އެއަރޕޯޓް ޓްރާންސްފަރ އާ އެއްކޮށް 500 ޑޮލަރުގެ އެލެވެންސާއި ދެ މީހަކަށް ދެކޮޅު ޓިކެޓު އަދި 5 ދުވަހުގެ ހޮޓެލް ހުރުން ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

މީގެ އިތުރުން އަބޫ ދާބީ ސިޓީ ޓުއަރ، ޑެޒާޓް ސަފާރީ ޓުއަރ ގެ އިތުރުން ސިޓީ އެކްސްޕީރިއެންސް ޓުއަރ އަކީ ވެސް މި ދަތުރުގައި ހިމެނިގެންދާ މުހިންމު ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަމެވެ.

14 ޖަނަވަރީ 2017 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގު ޕޯސްޓްޕެއިޑް ކަނެކްޝަނެއް ނަންގަވައިގެން މި އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ. މީގެ އިތުރުން މި މުއްދަތު ތެރޭގައި ދިރާގު ޕޯސްޓްޕެއިޑް ކަނެކްޝަން ނަންގަވާ ފަރާތްތަކަށް 1 ޖީބީގެ މޯބައިލް ޑޭޓާ މުޅިން ހިލޭ ލިބުމުގެ އިތުރުން 3 މަސް ދުވަހުގެ ޕޯސްޓްޕެއިޑް މަހުފީ އިން %25 ޑިސްކައުންޓް ވެސް ލިބިގެންދާނެއެވެ.

ކޮންމެ ހަފްތާ އެއްގައި ގުރުވަތުލުން ބޭއްވޭ މި ޕްރޮމޯޝަންގައި އެންމެ ފަހު ހަފްތާގައި އަލަށް ޕޯސްޓްޕެއިޑް ކަނެކްޝަން ނަންގަވާ ފަރާތްތަކުގެ އިތުރުން މިހާރު ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ވެސް ލަކީ ޑްރޯގައި ބައިވެރިވެވިގެންދާނެ އެވެ.

ޖުމްލަ 6 ހަފްތާ ވަންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ކޮންމެ ހަފްތާ އެއްގައި ގުރުވަތުލުން ބާއްވާ ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަ ޖައްސާފައިއެވެ. މި ޕްރޮމޯޝަން ކާމިޔާބު ކުރާ ފަރާތްތަކަށް 31 މާރޗް 2017 ގެ ކުރިން ދަތުރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355