twitterviber whatsapp telegramfacebookyoutube instagram
21st March 2026

“އަހި” ނުކައި ދޫކޮށްލެވޭވަރު މޭވާއެއް ނޫން

Nov 30, 2016

ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އެކި ބަލިތަކުގެ ފަރުވާއަކަށް އަހި ވަނީ ވެފަ އެވެ. ހާއްސަކޮށް އުމުުރުން ދުވަސްވީ މީހުންގެ މެދުގައި މިއީ މަގުބޫލް މޭވާއެކެވެ. ހަގީގަތުގައިވެސް މިއީ ނުކައި ދޫކޮށްލެވޭ ވަރުގެ މޭވާއެއް ނޫނެވެ.

ހުޅުހުޅުގައި ރިއްސުން

އެންމެ ގިނަ ބަޔަކު އަހި ކައި އުޅޭ އެއްސަބަބަކީ ހުޅުހުޅުގައި ނުވަތަ ބުރަކަށިގައި ރިއްސާތީ އެވެ. ދިރާސާ ތަކުން ދައްކާގޮތުގައިވެސް އައްސަކީ ގައިގައި ރިއްސުމަށާއި ހުޅުގައި ރިއްސާނަމަ ބޭނުން ކުރަން ރަނގަޅު އަދި ވަރަށް އަވަހަށް ބަލި ރަނގަޅުކޮށްދޭ މޭވާ އެކެވެ.

ޑިޕްރެޝަނުން ދުރުކޮށްދޭ

އަހި ގަވައިދުން ބޭނުން ކުރަންފަށައިފިނަމަ ގުދުރަތީގޮތުންވެސް ޑިޕްރެޝަނާ ދުރުކޮށްދެއެވެ. ސަބަބަކީ އައްސަކީ ސިކުނޑިއަށް ސެރޮޓޯނިން ފޯރުކޮށްދޭ މިންވަރު އިތުުރުކޮށްދޭ މޭވާ އެކެވެ. މިހެންކަމުން ސިކުނޑިއަށް ކުރާ ބާރު ދަށްވެ ބޭކާރު ހިޔާލުތަކާއި ދުރުވެ ވެއެވެ.

ލޭ މައްޗަށް ދިއުން

އައްސަކީ ލޭ މައްޗަށްދާ މީހުން ކެއުމަށް ހާއްސަ މެވާ އެކެވެ. އަހީގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ލޭ މައްޗަށްދާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ. އަދި ގަވައިދުން މި މޭވާ ކާނަމަ ލޭމައްޗަށް ދިއުމާއި މިހާ ދުރުކޮށްދެ އެވެ.

މީގެ އިތުރުންވެސް އައްސަކީ އެކި ބާވަތުގެ ކެންސަރު ޖެހުމުންނާއި ހަންގަނޑާއި އަދި އިސްތަށި ފައިބާނަމަ ބޭނުން ކުރުމަށް ރަނގަޅު މޭވާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355