twitterviber whatsapp telegramfacebookyoutube instagram
11th November 2026

ޖަލާލުއްދީން ސްކޫލު ޓްރޭޑްފެއަރ: ޕެންޓަގުރާމް ސްޓޯލް ހަބޭސް ވާނެ

Nov 30, 2016

ޖަލާލުއްދީން ސްކޫލުގައި މާދަމާ ފަށައި ޓްރޭޑްފެއަރގައި ޕެންޓަގުރާމް ފިހާރައިގެ ސްޓޯލް ހަބޭސް ވާނެ ކަމަށް އެފަރާތުން ބުނެ އެވެ. ޕެންޓަގުރާމްގެ ސްޓޯލް މިއަހަރު ހުންނަނީ އެސްކޫލުގެ ހޯލްގަ އެވެ.

ކުޅުދުއްފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި އަންނައުނުގެ ވިޔަފާރިކުރާ ޕެންޓަގުރާމްގެ އޯނަރު މާހިރު ބުނީ މާދަމާ ފަށާ ޓްރޭޑްފެއަރ އެ ފިހާރާގެ ސްޓޯލުން ވިޔަފާރިކުރައްވައި 100 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ ކަމަށެވެ.

އެއްވަނަ އިނާމަކަށް 32 އިންޗީގެ ފުލެޓް ޓީވީއެއް ހުށަހެޅިފައިވާއިރު 2 ވަނަ އިނާމަކަށް ބައިސްކަލެއް އަދި 3 ވަނައަށް ކަރަންޓް ބާބަކިއު ޑްރިލްއެއް ހުށަހެޅިފައިވާ ކަމަށް މާހިރު ބުންޏެވެ. އަދި މީގެ އިތުރުން ގުރުއަތުން ހޮވޭ 5 ބޭފުޅަކު މާލޭގެ މަޝްހޫރު ޕިރަމިޑް ފިހާރައިން ގިފްޓް ޕެކް ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

މާހިރު ބުނީ ސްޓޯލްގައި މުޅިން އާ މުދާ އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. މިދިޔަ އަހަރާއި އަޅައި މިއަހަރުގެ ސްޓޯލް މުޅިން ތަފާތުވާނެ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ޕެންޓަގުރާމްގެ ސްޓޯލްގައި ސްކޫލު ދަބަހާއި ކުޑަކުދިންގެ އަންނައުނު ހެޔޮ އަގުގައި ހުންނާނެ ކަމަށް އެތަނުން މައުލޫމާތު ދެ އެވެ.

ޖަލާލުއްދީން ސްކޫލު ޓްރޭޑްފެއަރ ހުޅުވާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ. 5 ދުވަހަށް މި ސޭލް ކުރިއަށްގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293