twitterviber whatsapp telegramfacebookyoutube instagram
11th November 2026

20 ޕަސެންޓް ޑިސްކައުންޓާ އެކު ކާނިވަލް ކެޕޭ މިއަދު ހުުޅުވަނީ

Dec 1, 2016

ކުޅުދުއްފުށީގައި ހިންގާ ކާނިވަލް ގެސްޓްހައުސްގެ ކެޕޭ މިއަދު ހަވީރު ހުޅުވުމަށް ހަމަޖެހިއްޖެ އެވެ.

“ކާނިވަލް ކެޕޭ” ގެ ނަމުގައި މިއަދު ހަވީރު 4:30 ގައި ހުޅުވުމަށް ހަމަޖެހިފައިވާ މި ކެޕޭ ހުޅުވާ ވަގުތުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ބިލަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ކުޑަކުދިންގެ ކެއުން ހިލޭ ލިބިގެން ދާނެ އެވެ.

ކާނިވަލް ގެސްޓްހައުސްގެ އޯނަ ގާސިމް އަލީ ވިދާޅުވީ މިއަދު ހަވީރު ކެޕޭ ހުޅުވުމަށް ހަމަޖެހިފައިވަނީ ލައިވް މިއުޒިކާއިއެކު ކަމަށާއި މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށް ޕޮޕްކޯން، ކަފަ ލޮލީ ފަދަ ތަކެތި ބެހުުން ވެސް އޮންނާނެ ކަމަށެވެ.

އަދި މިރޭ ބޮޑެތިމީހުންނަށް ހާއްސަކޮށް ބޮޑިބަތް ވެސް އޮންނާނެ ކަމަށާއި އެގަޑީގައިވެސް ލައިވް މިއުޒިކު ކުރިއަށްދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ކާނިވަލް ކެޕޭއަކީ ކާނިވަލް ގެސްޓްހައުސް ވިޔަފާރީގެ ދަށުން ހުޅުވާ ކެޕޭ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293