twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޖައްވީ އިދާރާގައި ރަނގަޅު ނަރުދަމާއެއް ގާއިމުކުރަން ސައިންސްވެރިންނަކަށް ނޭނގުނު

Dec 3, 2016

ދުނިޔޭގެ ވައިގެ ސަތަހައިން ބޭރަށް އުޅަނދު ފަހަރު ފޮނުވުމަކީ ސައިންސްވެރިން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރެއިން އެއްކަމެކެވެ. އުޅަނދުތަކުގެ އިތުރުން އިންސާނުން ވެސް ދުނިޔެއިން ބޭރަށް ފުރުވާލުމަކީ ސައިންސްވެރިންނަށް “ފެންމެޓާ” ކަހަލަ ކަމަކަށް މިއަދު ވަނީ ވެފައެވެ. މިއަދުގެ ސައިންސް ވަނީ އެހައިވެސް ކުރިއަރާފައެވެ.

ނަމަވެސް ސައިންސްވެރިން ކިތަންމެ މޮޅެތި އީޖާދުތަކެއް ކޮށްފައި ވީނަމަވެސް އަދިވެސް ޖައްވީ އުޅަނދުތަކުގައި ރަނގަޅު ނަރުދަމާ ނިޒާމެއް ވަނީ ގާއިމު ކުރަން ނުކުޅެދިފަ އެވެ.

ދަމާ ބާރު ނުވަތަ ގްރެވިޓީ ނެތްތަނެތްގައި ހާޖަތަކަށް ދިއުމަކީ ސައިންސްވެރިން ވަރަށް ބޮޑަށް ބޮލުގައި ރިއްސަން ޖެހޭ ކަމެކެވެ. ރަނގަޅު ނަރުދަމާ ނިޒާމެއް ގާއިމު ކުރެވިފައި ނެތުމަކީ އެސްޓްރޮނޯޓުންނަށް ޖައްވުގައި ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމެވެ.

އެހެންކަމުން އެމެރިކާގެ ސްޕޭސް އޭޖެންސީއިން ދަނީ އެފަދަ ތަނެއްގައި ބޭނުންކުރެވިދާނެ ނަރުދަމާ ނިޒާމެއް ޑިޒައިންކޮށް ހުށަހަޅާ ކޮންމެ މީހަކަށް ތިރީސް ހާސް ޑޮލަރު ދެމުންނެވެ.

ސްޕޭސް ސްޓޭޝަންގައި މިހާރު ބޭނުންކުރާ ސިސްޓަމްގައި ހާއްސަ އާލާތެއްގެ އެހީގައި ބޮޑުކަމުދާތަކެއްޗާއި ކުޑަކަމުދާތަކެތި ޕްރެޝަރުގައި އެސްޓްރޮނޯޓުންގެ ގަޔާދުރަށް އެއްޗެއްގެ ތެރެއަށް ދަމާލައެވެ. އަދި ޕެކެޓެއްގައި ވެކިއުމްކޮށް ނައްތާލައެވެ. ފާހާނާ ހުންނަނީ ހާމައަށް ފެންނާށެވެ. އެހެންކަމުން ސަކްޝަން ހޮޅީގައި މައްސަލައެއް ޖެހިއްޖެނަމަ ނުވަތަ “ބޭރަށް ދެވިއްޖެ” ނަމަ ވާނެ ގޮތް ވިސްނާލާށެވެ. ނޫނީ ސްޕޭސް ސޫޓްލައިގެން ސްޓޭޝަނުން ބޭރަށް ނުކުމެ އުޅެނިކޮށް “ދާން” ޖެހިއްޖެނަމަ ދެން ވާނީ ކިހިނެތް ބާއެވެ.

ސައިންސްވެރިން ބޭނުންވަނީ ސްޕޭސް ސޫޓް ލައިގެން ތިބޭއިރު ފާހާނާ ކުރެވޭނެ މޮޅު ނަރުދަމާ ނިޒާމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ސުޕަރ ހައިޓެކް ޑައިޕަރ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355