twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުރީދޫ ވޯކްގުރޫޕުގެ ހިދުމަތް އެމްޓީސީސީއަށް ފޯރުކޮށްދެނީ

Dec 6, 2016

އުރީދޫ ވަރކްގްރޫޕްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމްޓީސީސީ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޓީސީސީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އުރީދޫ ވަރކްގްރޫޕް ހިދުމަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު އާއި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒް އެވެ.

މި ހިދުމަތާއި އެކު އެ މުއައްސަސާގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެއެވެ. މި ހިދުމަތް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލް އެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ ފުރުސަތު ފޯރުކޮށްދެވެއެވެ. ހަމައެއާއި އެކު 4 އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، ވަރކް ގްރޫޕްގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލެވޭނެއެވެ.

ކުންފުނީގެ ވާރކްގްރޫޕްގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށް އާއިލާގެ މެންބަރުންގެ ތެރެއިން ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތުވެސް ލިބިގެން ދެއެވެ.

އެގޮތުން އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، އެސްޓީއޯ، އެމްސީއެސް، ޕީޖީ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ލޯ، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އޭވިއޭޝަން ސެކިއުރިޓީގެ އިތުރުން މަޝްހޫރު އެތައް ކުންފުނިތަކާއި ރިސޯޓްތަކުން ދަނީ އުރީދޫގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޕެކޭޖު ކަމަށްވާ އުރީދޫ ވަރކްގްރޫޕުގެ ހިދުމަތް ބޭނުންކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355