twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޖަލާލުއްދީން ސްކޫލު ޓްރޭޑް ފެއަރ: ވަރަށް ކާމިޔާބު ހަރަކާތެއް

Dec 6, 2016

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭ އާއި ވިޔަފާރިވެރިން ގުޅިގެން ބާއްވާ ޓްރޭޑް ފެއަރ އަކީ ވަރަށް ކާމިޔާބު ހަރަކާތެއްކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

މިއަހަރު މި ފެއަރ 5 ދުވަހުގެ މުއްދަތަށް ކުރިއަށްގޮސްފައިވާއިރު، ނިންމާލާފައިވަނީ ރޭ ގަ އެވެ. މިއަހަރުގެ ފެއަރ ޖުމްލަ 14 ސްޓޯލް ބަހައްޓާފައިހުރިއިރު ސްޓޯލްތަކުގައި ތަފާތު ވައްތަރުގެ ގިނަ އަދަދެއް މުދާ އަގުހެޔޮކޮށް ވިއްކާފައިވެ އެވެ.

ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވިގޮތުގައި މިއަހަރުގެ ފެއަރ އަކީވެސް ވަރަށް ކާމިޔާބު ފެއަރއެއް ކަމަށެވެ. އަދި ފެއަރ އަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް، ވިޔަފާރިކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޭއޯއާ ވާހަކަދެއްކި ވިޔަފާރިވެރިން ބުނީ މިއީ މުދާ ވިއްކުމުމަށް ވިޔަފާރިވެރިންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އުފެދި، މުދާ އަގުހެޔޮކުރުމުގެ ފުރުސަތު އޮންނަކަމަށެވެ. މިހެންވެ މިއީ ރައްޔިތުންނަށް މުދާ ގަތުމަށް ލިބިގެންދާ ވަރަށް ފަހި ފުރުސަތެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ވިޔަފާރިވެރިން ބުނީ ނިމިގެން ދިޔަ ޓްރޭޑް ފެއަރ އަކީވެސް ވަރަށް ކާމިޔާބު ހަރަކާތްތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފިހާރަތަކުގައި ނުވިކި ތާށިވެ ހުންނަ ގިނަ މުދާތަކެއް އަގު ހެޔޮކޮށް ވިއްކާލެވޭ ކަމަށެވެ. އަދި ސްޓޯލްތައް މެދުވެރިކޮށް ތަފާތު ޕުރޮމޯޝަންތައް ބާއްވާ، އެކަމުގެ ފައިދާ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ކުރާކަން ވިޔަފާރިވެރިން ފާހަގަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355