twitterviber whatsapp telegramfacebookyoutube instagram
28th March 2024

އުރީދޫއިން މުޅި ރާއްޖެ ސަބްމެރިން ކޭބަލުން ގުޅުވާލަނީ

Dec 8, 2016

އުރީދޫގެ ނޭޝަންވައިޑް އަންޑަރސީ ކޭބަލް ރާއްޖޭގެ ދެކުނުން އުތުރަށް އެޅުމަށް ކަނޑައަޅާފައިވާ މަސައްކަތް އަމަލީ ފަށައިފި އެވެ. އަދި އޭނގެ އިތުރުން ކޭބަލް ސ. ހިތަދޫގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާއި މިއަދު ވަނީ ގުޅާލައިފަައި އެވެ.

25 މިލިއަން ޑޮލަރުގެ މި ބޮޑު ޕްރޮޖެކްޓްގައި އަންޑަރސީ ކޭބަލް ދަމާލެވިގެންދާނީ ސ. ހިތަދޫ، ގދ. ތިނަދޫ، ކ.ހުޅުމާލެ، މ.ކޮޅުފުށި، ބ.އޭދަފުށި، އަދި ހދ. ކުޅުދުއްފުށީގައި ކަމަށާއި މިހާރު ވަނީ ކޭބަލް ލޭންޑިންގް ސްޓޭޝަންތަށް ވެސް ގާއިމްކުރެވިފައި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އަދި ހުއާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީގެ ބާރުގައި، ނޭޝަންވައިޑް އަންޑަރސީ ކޭބަލް މެދުވެރިކޮށް އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެފައި ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

އުރީދޫގެ މި ޕްރޮޖެކްޓްގެ އަމާޒަކަށް ވެފައި ވަނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މިއަދުގެ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުން ކަމަށެވެ. މީގެ ތެރޭގައި ޓެލެމެޑިސިން، ޓެލެވަރކިންގް، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަންމަންޓްގެ ހިދުމަތްތަށް ހިމެނޭ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ ނޭޝަންވައިޑް އަންޑަރސީ ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ނިމޭނެކަމަށް ބެލެވެނީ އަންނަ ޖެނުއަރީ މަހުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355