twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގު ސަބްމެރިން ކޭބަލުގެ މަސައްކަތަކަށް ‘އާސިއަން އެކްސްޕްލޯރާ’ ރާއްޖެ އަތުވެއްޖެ

Dec 8, 2016

ދިރާގު ސަބްމަރިންކޭބަލުގެ މުހިއްމު މެއިންޓެނަންސް މަސައްކަތަކަށް ދުނިޔޭގެ އެންމެ ކަމަށް ގާބިލު ކުންފުނިތަކާއި ހެދިފައިވާ ސާރވިސް އަދި މެއިންޓެނެންސް އެގްރީމެންޓުގެ ދަށުން ‘އާސިއާން އެކްސްޕްލޯރާ’ އޭ ކިޔާ ކޭބަލް ރިޕެއަރ ބޯޓެއް ވަނީ މިއަދު ރާއްޖެ އަތުވެފައި އެވެ.

މިބޯޓުގެ އިންޖިނިއަރުން ދިރާގުގެ އިންޖިނިއަރުންނާއި އެކު ‘އދ’ އަތޮޅާއި ‘ލ’ އަތޮޅާއި ދެމެދު އެޅިފައިވާ ސަބްމަރިން ކޭބަލްގެ މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މިމަސައްކަތްތައް ކުރުމަށް ‘އާސިއާން އެކްސްޕްލޯރާ’ މާލޭގެ ބަނދަރުން ‘ލ’ އަތޮޅަށް މިއަދު ފުރާނެ ކަމަށާއި އަދި މިމަސައްތަކް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އަކުން 14 އަށް ކަމަށް އެކުންފުނިން މައުލޫމާތު ދެއެެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މިމަސައްކަތް ކުރަމުން ދާއިރު ތ،ލ،ގއ،ގދ،ޏ އަދި ސ އަތޮޅުގައި ދިރާގުގެ ހިދުމަތް ހޯއްދަވަވަމުން ދާ ކަސްޓަމަރުންނަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި އެހެން ނަމަވެސް މިއަތޮޅުތަކުގައި ތިއްބަވާ ބޭފުޅުންނަށް މޯބައިލުގެ ހިދުމަތްތައް މަސައްކަތް ކުރިއަށް ދާއިރުވެސް ބޭނުން ކުރެއްވޭނެ ކަމަށެވެ.

އެހެންނަމަވެސް މިމުހިއްމު ސާރވިސް މެއިންޓެނަންސް މަސައްކަތް ކުރިއަށް ދާއިރު ކަސްޓަމަރުން ދިމާވެދާނެ ދައްޗަކަށް ދިރާގުން ކަސްޓަމަރުންގެ ކިބައިން މާފަށް ވަނީ އެދިވަޑައިންނަވަފައި އެވެ.

އެގޮތުން ދިރާގުން މުޅިރާއްޖެއަށް އެންމެ ފުރިހަމަ އިންޓަރނެޓް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މުޅި ރާއްޖޭގައި މޮބައިލް އިންޓަރނެޓްގެ ސްޕީޑް ހަލުވިކުރެވި މިހާރު ސަބްމެރިން ކޭބަލު މެދުވެރިކޮށް 4ޖީގެ ހިދުމަތްވެސް މާލެގެ އާބަދީ ބޮޑެތި ސަރަހައްދުތަކުގެ އިތުރުން، މިހާރު މިވަނީ ރާއްޖޭގެ އެހެން އަތޮޅުތަކާ ގުޅުވާލުމުގެ މަޝްރޫއު ފަށާފައި އެވެ. އަދި ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިޔުމުން ރާއްޖޭގެ ހުރިހާ މުއައްސަސާތަކާ، އިޖުތިމާއި އަދި އިޤުތިސާދީ ރަށްރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެކަން ދިރާގުން ކަށަވަރު ކަން ދެއެވެ.

ދިރާގު ޑޮމެސްޓިކް ސަބްމެރީން ކޭބަލް ނެޓްވާކް ގާއިމުކުރުގެ 27 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހއ. އަތޮޅުން ސ. އަތޮޅާއި ދޭތެރޭ 1253 ކިލޯމީޓަރުގެ ކޭބަލް އަޅައި ރާއްޖޭގެ 8 ސަރަހައްދެއްގައި ލޭންޑިން ސްޓޭޝަން ގާއިމުކޮށްފައިވެ އެވެ. އަދި ދިރާގުގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ 2012 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355