ފަސްމަސް ފަހުން ދެކުނު އޭޝިއާއަށް ޕޮކެމޯން ގޯ އަލުން ލޯންޗުކޮށްފި

ޚަދީޖާ އާދަމް - 1 year ago - 14 ޑިސެމްބަރ 2016ދެކުނު އޭޝިއާ ސަރަހައްދަށް “ރީޖަނަލް ބްލޮކް”އެއް ތަންފީޒުކޮށްފައި އޮތް، ނިއަންޓެކްގެ ލޮކޭޝަން ބޭސްޑް ގޭމް “ޕޮކެމޯން ގޯ” ގެ ގޯގެ ރަސްމީ ރީޖަނަލް ލޯންޗުކޮށްފި އެވެ.

އެގޮތުން މިހާރު ޕޮކެމޯން ގޯ އިއްޔެއިން ފެށިގެން ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީލަންކާއަށް ގޫގުލް ޕްލޭއާއި އެޕަލް އެޕްސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

ޖުލައި 21 ވަނަ ދުވަހު ޖަޕާނުގައި މި ގޭމް ރިލީޒް ކުރުމާ އެކު، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން އެ ގޭމުގެ ސާވަރ ޑައުން ވަނީ ޑައުންކޮށްލާފަ އެވެ. އެއަށްފަހު އިއްޔެ ނިޔަލަށް، ދެކުނު އޭޝިއާގައި ޕޮކެމޯން ގޯ ނުކުޅެވެއެވެ.

މި ގޭމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް ބޮޑަށް މަގުބޫލްވެގެން ދިޔަ ގޭމެކެވެ. ޕޮކެމޯން ގޯ އެންމެ ފުރަތަމަ ރިލީޒްކުރީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.